ހއ. މުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހއ. މުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
އަހުމަދު
06 ޖުލައި 2026 03:16
0

ހއ. މުރައިދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، 2026 ޖުލައި 05 ވަނަ ދުވަހުގެ ހެނދުނު 08:10 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ކިނާރާ، އުމުރުން 35 އަހަރުގެ މުޙައްމަދު ޢާޝިރު އާއި ވެނީލާގެ، އުމުރުން 19 އަހަރުގެ މުޙައްމަދު ޒައިން ޙަސަނެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މުރައިދޫގެ ގެއެއް ބަލައި ފާސްކުރުމަށްފަހުގައެވެ.

އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 4 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. ފުލުހުން ބުނި ގޮތުގައި ވަގުތީ ގޮތުން ކިރިއިރު އެ ތަކެތީގެ ބަރުދަނުގައި 4.5 ގުރާމް ހުއްޓެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި ދެ މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.