މާލޭގެ ފުޑްކޯޓު ސަރަހައްދުން ގަވާއިދާ ޚިލާފަށް އުޅޭ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގެ ފުޑްކޯޓު ސަރަހައްދުން ގަވާއިދާ ޚިލާފަށް އުޅޭ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Author
އަހުމަދު
06 ޖުލައި 2026 03:16
0

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ރޭ މާލޭގެ ފުޑްކޯޓު ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 27 ބިދޭސީއަކު އަތުލައިގަނެފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވާގޮތުގައި، ގިނަ އަދަދެއްގެ ކެފޭތައް ހިމެނޭ އަދި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ފުޑްކޯޓު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ރެއިޑްގައި ޖުމްލަ 88 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ ތެރެއިން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި އުޅުމުގެ ގާނޫނީ ހުއްދައެއް ނެތް ނުވަތަ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 މީހުންނެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.