އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރުމަށް މަސައްކަތް ކުރަމުންދާ މުޒާހަރާ ފެށުނަ ނުދީ، މުޒާހަރާއަށް ނިކުތުމަށް މަސައްކަތް ކުރި ބައެއް މީހުން ހައްޔަރު ކުރަން ފަށައިފިއެވެ.
މިއަދު ހުކުރު ނަމާދަށްފަހު ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ކައިރިއަށް ނުދެވޭނެހެން ބަންދުކޮށް ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާއިރު، މުޒާހަރާއަށް އެއްވި ބައެއް މީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެން ބޭފުޅުންނެވެ.
ޕީޕީއެމް އޮފީސްކައިރިއަށް އެއްނުވެވުނު ނަމަވެސް އިދިކޮޅު ހަރަކާތުގެ ބައެއް ބައިވެރިން ދަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި އަޑު އުފުލަމުންނެވެ. ޕީޕީއެމް އޮފީސް ބަންދުކޮށް ކައުންސިލް ކެމްޕެއިންގެ މަސައްކަތްވެސް ނުކުރެވޭނެހެން ބަންދު ކުރުމުނ އެމައްސަލަ ޕީޕީއެމްއިން ވަނީ އިލެކްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. ޕީޕީއެމްއިން ބުނެފައިވަނީ މިއީ ކައުންސިލް އިންތިޚާބުގެ އިދިކޮޅުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރަމުންދާކަމެއްކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ސުލްހަވެރިކަމާއިއެކު ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ކުރާނެކަމަށެވެ. އަދި ފުލުހުންވެސް ޤާނޫނީ އިމުގެ ތެރެއިން ކުރަމުންދާ މުޒާހަރާއަށް ހުރަސް ނޭޅުމަށް އިދިކޮޅު ކޯލިޝަނުން ދަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ