ޕީޕީއެމް އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް މިއަދުވެސް ބަންދުކޮށްފި

ޕީޕީއެމް އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް މިއަދުވެސް ބަންދުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 03:14
0

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލޭގައިމުޒާހަރާ ކުރަން ނިންމާފައި ވަނިކޮށް ހެންވޭރު ބޮޑު ތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށް ފުލުހުން ސެކިއުރިޓީ ބަލަހައްޓަން ފަށައިފިއެވެ.

މިއަދުގެ މުޒާހަރާ ފެށުމަށް އަދި މާބޮޑު ހަރަކާތެއް ނުފެނުނު ނަމަވެސް ފުލުުހުން ވަނީ ޕީޕީއެމް އޮފީސް ސަހަރައްދަށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި ފުލުހުން ދަނީ އެމަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މިއަދު މުޒާހަރާ ކުރާނެކަމަށް ބުނެފައެވެ.

މަގުތައް ބަންދު ކުރުމާއި ގުޅިގެން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އިންތިޚާބަށް މަހަކަށްވުގެ ކުޑަ މުއްދަތެއް ވެފައި ވަނިކޮށް އިދިކޮޅު ޕާޓީގެ އޮފީހަށް ނުވަދެވޭނެހެން ހެދުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ. އަދި މިއީ މިނިވަން އިންތިޚާބެއް ބޭއްވޭނެ ހާލަތެއްތޯ ޝިޔާމް ވަނީ އިލެކްޝަން ކޮމިޝަނަށް ކިބައި ސުވާލު ކުރައްވަފައެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިދިކޮޅުގެ “ރަތް އިންގިލާބު” ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްވެރި ކަމާއިއެކު އެޗްޕީއޭގެ މިންގަނޑުތަކުގެ ތެރެއިން ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްގެން ކުރާ މުޒާހަރާތަކަށްވާއިރު، މިމުޒާހަރާތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުުކާރުން ކުރާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތެއް
ހަމަކޮވިޑު ފެތުރޭތީ އޮތަ . މިސަރުކާރުގެ ހުދުމުހުތާރުކަމާއި އިދިކީލަކަމާ ބޭއިންސާފުވެރިކަމުގެ ހައްދެއްނެތް . މިސްކިތުގަ ނަމާދުކުރަންވީ ވެސް މިމީހުން ބޭތިއްބިހިސާބެއްގަތިބެގެން . ރައްޔިތުން މުށުތެރެއައްލާ ފިއްތާ ކަރަށްބާރު ކުރަމުން ވޯޓްދޭށޭ ބުންޏަސް ޕާޓީވީމަ ވޯޓް ދޭންވީތޯ ވިސްނާލުންރަގަޅު.