ވިއްސާރާގައި ބައެއް ރަށްތަކުގެ ފެންބޮޑުވެ

ވިއްސާރާގައި ބައެއް ރަށްތަކުގެ ފެންބޮޑުވެ

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 08:32
0

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނައިފަރަށް ބޯކޮށް ވާރޭ ވެހި، އެ ރަށުގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ފެން ބޮޑުވެގެން އެރަށުގެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް ގޭގޭގައި ވެލިބަސްތާ ޖަހައި އަދި ޕަމްޕް ބޭނުން ކޮށްގެން މަގުތަކުން ފެން ހިއްކާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން އަންނައިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު، ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 20:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

ވިއްސާރާގައި ފެންބޮޑުވި ބައެއް ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ، ޏ. ފުވައްމުލަށް، ޅ. ނައިފަރު އަދި ހއ. ގެ ބައެއް ރަށްތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.