ރައީސް ޔާމީންގެ ބޭސްފަރުވާއާއި ގުޅޭގޮތުން ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އިއްޔެ ވިދާޅުވި ގޮތުގައި ވަރަށް ކުރިން ކުރީގެ ރައީސް ޔާމީން މެޑިކަލް ޓެސްޓް ތަކެއް ހައްދަވަން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވުމުން އެ ފުރުސަތު އެރުވިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ބޭރަށް ވަޑައި ނުގެންނެވީއެވެ. އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީނު އެހީއަކަށް އެދި ވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހުގެ ވާހަކަތަކައި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ޞިއްޚީ ހާލަތު ހުރި ގޮތުން އެމަނިކުފާނަށް ޑޮކްޓަރުގެ ލިޔުންދީ ރައްކާތެރި މާހައުލެއްގައި އެމަނިކުފާނު ބެހެއްޓުމަށް އަންގާފައިވާކަމަށެވެ. އަދި އެމަނިކުފާނު ޖަލަށްލިތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޞާލިހާއި ބައްދަލުކޮށް އެމަމަނިކުފާނުގެ ބަންދަށް ލުޔެއް ދިނުމުން ސިޔާސީ ގޮތުން އެކަން ކުރެވިދާނެކަމަށް ވިދާޅުވެފައިވަކަމަށެވެ.
ރައީސްގެ މިވާހަތަކުންވެސް ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ މަޤްސަދެއްގައިކަމަށް އެގޭކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީންގެ އެމަނިކުފާނުގެ ޞިއްޚީ ހާލަތާއި ގުޅިގެން ޑޮކްޓަރުގެ ލިޔުން އެމަނިކުފާނު ސްޓްރެސް ފްރީ މާހައުލެއްގައި ހުންނަންޖެހޭކަމަށް ދީފައިވަކަމަށެވެ. އަދި ހިތުގެ ޓެސްޓުތަކެއް ހަދަން ދީފައި އެތްކަންވެސް އަބްދުއްރަހީމް ފަހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މޭސްތިރިން ގޭގައި ބައިތިއްބާފައި އެކަމުގައި ސިޔާސީ ހުކުމްތަކެއްކޮށް ރައީސް ޔާމީން ޖަލަށް ލައިގެން އުޅެނީ ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށްކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާއި، އެމަނިކުފާނަށް ދެމުންދާ އަނިޔާތަކަކީ ނުހައްޤު އަނިޔާތަކެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ