އެމްޑީޕީގެ ކެމްޕެއިންގައި އިސްކޮށް ޖޭޕީގެ މިނިސްޓަރ ހުސެއިން

އެމްޑީޕީގެ ކެމްޕެއިންގައި އިސްކޮށް ޖޭޕީގެ މިނިސްޓަރ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 06:44
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަތޮޅު ތެރޭގެ ރަށްތަކަށް ގޮސްގެން އެމްޑީޕީން ކުރަމުންދާ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް، އަދި އެންވާރުމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު އަމަލީގޮތުން ބައިވެރިވާން ފައްޓަވައިވިއެވެ.

އެންވާރުމަންޓް މިނިސްޓްރީން ހުވަދު އަތޮޅުގެ ރަށްތަކުގައި ކުރިއަށްގެންދާ އެކި މަޝްރޫޢުތަކާއި ގުޅިގެން މަޝްރޫޢުތަކުގެ ފެށުމާއި، ނިންމުމުގެ ރަސްމިއްޔާތުތަކަށް ވަޑައިގެން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި މިނިސްޓަރ ހުސެއިންވެސް ދަނީ ބައިވެރި ވަމުންނެވެ. ޖުމްހޫރީ ޕާޓީންވެސް ކައުންސިލް އިންތިޙާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރައްވާއިރު، ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރަކު އެއިން ކެންޑިޑޭޓަކަށް މިހާތަނަށް ކެމްޕެއިން ކޮށްދެއްވަފައި ނުވެއެވެ.

ސަރުކާރު ކޯލިޝަންގެ ވަޒީރުންގެ ޖޭޕީއަށް ނިސްބަތްވާޑރ.ހުސެއިން އެމްޑިޕީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާއިރު، އެޕާޓީގެ ވަޒީރެއްގެ ގޮތުގައި ހުންނެވަނިކޮށް މަޤާމުން ވަކިކުރި ކުރީގެ އިންފޮމޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު އިދިކޮޅު ކެމްޕެއިންގައި ހަރަކާތްތެރިވާން ފެށުމުން ޖުމްހޫރީ ޕާޓީން ވަނީ އޭނާއާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

ވާދަވެރި އިންތިޚާބެއްގައި ކޯލިޝަނަކުން ވާދަނުކުރާ އިންތިޚާބެއްގައި، އެއްޕާޓީގެ މެމްބަރަކަށް އަދި ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުން އެހެން ޕާޓީތަކުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވުމުން އެ މީހަކާއިމެދު ފިޔަވަޅުއަޅެވެ. މަލީހާއިމެދު ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރާން ޖެހިއްޖެނަމަ އެކަންވެސްކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވިއިރު، ޑރ.ހުސެއިން އެމްޑީޕީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މައްސަލާގައި އެޕާޓީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

މަލީހު ވަނީ އޭނާއާއިމެދު ފިޔަވަޅު އަޅާނެކަމަށް ޖޭޕީން ބުނުމުން އެޕާޓީން ވަކިވެފައެވެ. މަލީހު ވިދާޅުވީ، ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު އެޕާޓީ އޮތީ ހަނުކަމަށާއި، ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާކަމަށެވެ. އަދި ޖޭޕީއާއި ފެޔަށް ޖެހިވަޑައިގެންނެވިކަން މަލީހު ހާމަކުރެއްވިއެވެ.

މަލީހު ޖޭޕީން ވަކިވެވަޑައިގެންފައިވާއިރު، މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ހަރަކާތެއްގައި މަލީހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
ލާދީނީ ގަންޖާ ޖަގަހައިގާ ހުސެންރަސީދު ހުއްޓަސް ހުސެންރަސީދު އަކީ ފެށުނީއްސުރެން އެމްޑީޕީގެ ޕަޕަޑެއް ޤާސިމްއަރިހުގައިއޅެނީ ފައިސާބޭނުންވެގެން ވަރަށްސާފް އިނގޭތޯ
ބ ބިރު.ބޮޑު
ތިކިޔާހުސެންރަސީދުއަކީ އެމްޑީޕީ އުފެދުނީއްސުރެ %100 އެމްޑީޕީ ޕަޕަޑެއް ވަރަށްސާފްއިނގޭތޯ ޤާސިމް އަރިހުގައި ހުސެންރަސީދު އަބަދުވެސް އުޅެނީ ޤާސިމްއަތުން ފައިސާހޯދާންވެގެން ވަރަށްސާފް.އިނގޭތޯ