ހުޅުމާލެ ކޮރަލް ވިލް ދެ ފުލެޓަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހުޅުމާލެ ޕޮލިސްއަށް ރޭ ހުށަހެޅުނު ވައްކަމުގެ ދެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ދެ މީހުންގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިސްގެ ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރެއިން، ހުޅުމާލެ ޒެންއާރު ކުރިމަތީ އަތިރިމަތިންނެވެ. އަދި 20 އަހަރުގެ މީހާވެސް ހައްޔަރުކޮށްފައިވަނީ އެސަރަހައްދުން ހިނގާފައިދަނިކޮށެވެ.
އެ ދެ މީހުން ހައްޔަރުކޮށް އެ ދެ މީހުންނާއި، އެ މީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެގޮތުން، ލެޕްޓޮޕާއި، އައިޕެޑް އަދި މޯބައިލް ފޯނުތަކަކާއި ސްމާޓް ވޮޗްއާއި އެއަރޕޮޑުގެ އިތުރުން ރަނާއި ރިހި އަނގޮޓިތަކަކާއި ފަށްތަކަކާއި ކެވެލިތަކެއް ފެނިފައިވެއެވެ. އަދި ފައިސާއާއި ގޭތެރޭގައި ބޭނުންކުރާ އެހެނިހެން ތަކެތިވެސް ފެނިފައިވެއެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ