އޯޑިއޯން ސިނަމާ ހުރި ބިމުގައި ފްލެޓް އެޅޭނެވަރުގެ ބަޔަކާއި ހަވާލުކުރައްވާ: ނަރީޝް

އޯޑިއޯން ސިނަމާ ހުރި ބިމުގައި ފްލެޓް އެޅޭނެވަރުގެ ބަޔަކާއި ހަވާލުކުރައްވާ: ނަރީޝް

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 01:30
0

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އަލުން އަނެއްކާވެސް އިންޑިޔާގެ ޓާޓާ ކުންފުޏާއި، ހަވާލު ކުރުމުގެ ބަދަލުގައި އެކަން ކުރެވޭނެ ބަޔަކާއި ހަވާލު ކުރުމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓް އަހުމަދު ނަރީޝް ސަރުކާރަށް ގޮވާލައިފިއެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އަލުން ޓާޓާ އަށް ހަވާލުކުރާއިރު، މަސައްކަތް ނިންމާނެ ތާރީހާއި އެ ތާރީހުގައި ނުނިންމައިފި ނަމަ ސަރުކާރަށް އެގްރީމަންޓުން ނުކުމެވޭނެ ކަމަށް އެގްރީމަންޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އެންމެ ފުރަތަމަ އިންޑިޔާގެ ޓާޓާ ކުންފުންޏާއި ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ފްލެޓް އެޅުމަށް10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މާފަންނު މެދު ދާއިރާގެ ބޯހިޔާވަހިކަމާށް ބޭނުންވެފައިވާ އެތައް ރައްޔިތުންނެއް މިކަމާއިހެދި ހޯހިޔާވަހިކަން ނުލިބި ހުރި ކަމުގެ ކަންބޮޑުވުން ނަރީޝްވަނީ ފާޅު ކުރައްވާފައެވެ. އޭނާ ވަނީ އަނެއްކާވެސް ޓާޓާ އާއި މިކަން ހަވާލު ނުކޮށް، މިކަން ކުރެވޭނެ ޤާބިލަކަން ހުރި ބަޔަކާއި ހަވާކޮށްގެން މަސައްކަތް ކުރުމަށް ދަންނަވާފައެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް ފްލެޓް އަޅަން މާފަންނު އޯޑިއޯން ސިނަމާ ހުރި ބިން ދިންތާ 10 އަހަރު ވެގެން ގޮއްސި! ފްލެޓް އެއް ނޭޅުނު! މި ބިން މާފަންނު މެދު ދާއިރާގެ ބޯހިޔާވަހިކަމާށް ޖެހިފައިވާ ރައްޔިތުންނަށް ޙާއްސަ ފްލެޓްތަކެއް އެޅުމަށް އެކަން ކުރެވޭނެ ބަޔަކާއި ހަވާލު ކުރުމަށް ސަރުކާރަށް ގޮވާލަން.

– ނަރީޝް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން 2017 އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އުވާލީ އިމާރާތްކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުންނެވެ. އެއްބަސްވުން އުވާލުމުގެ ބަދަލުގައި 200 މިލިއަން ޑޮލަރު ހޯދަން ޓާޓާ ކުންފުނިން ހުށަހެޅީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށެވެ.

ޓާޓާ ކުންފުންނާ އެކު ކުރިން ހެދި އެއްބަސްވުމުގެ ދަށުން އެކުންފުނިން ގާކޮށްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން އެއްބަސްވި އެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އޯޑިއޯން އާއި ނާދީ ހުރި ބިމުގައި މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ވަނީ ހުއްދަ ދީފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން، ޅ. ޅޮއްސަލަފުށިގައި ރިސޯޓެއް ހަދަން ވެސް ޓާޓާ އަށް ދިނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު ފްލެޓު އެޅުމަށް ޓާޓާއަށް ގާކޮށްޓާއި އަރަބިއްޔާ ބިން ދިން އިރު، އެތަނުގެ މަސައްކަތްތައް ނިންމައި، ސަރުކާރާ ހަވާލުކުރީ ގިނަ ދުވަސްތަކަކަށް ފަހު، 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.