ޒަހާގެ ދިފާޢުގައި މައުމޫން ނިކުންނެވުމަކީ ޒަހާގެ ހަލާކު: ނަޝީދު

ޒަހާގެ ދިފާޢުގައި މައުމޫން ނިކުންނެވުމަކީ ޒަހާގެ ހަލާކު: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 12:17
0

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައީސް މައުމޫން ނިކުންނެވުމަކީ އޭނާގެ ހަލާކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމާއި ގުޅިގެން ރައީސް މައުމޫން ޒަހާގެ ދިފާޢުގައި ނިކުންނަވައި ދެއްކެވި ވާހަތަކާއި ގުޅިގެން ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ކުރައްވާފައިވާ ޓްވީޓުގައެވެ. މިނިސްޓަރ ޒަހާއާއި ގުޅޭގޮތުން މަޖިލީހުގައި އެކި ފަހަރު މަތީން ވާހަކަ ދެކެވުނުއިރު، ރައީސް ނަޝީދުވަނީ ޒަހާގެ ޒިންމާ އަދާ ނުކުރައްވާކަމަށްވުނެ މަޖިލީހުގައިވެސް މިނިސްޓަރ ޒަހާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ވަނީ ޒަހާއަށް ފޮނުވައިފައެވެ. މިނިސްޓަރ ޒަހާގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން ޒަހާގެ ދިފާޢުގައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިނިސްޓަރ ޒަހާ ގެންދަވަނީ މަސްވެރިކަމުގެ ދާއިރާއަށް ނުހަނު އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުންކަމަށެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތުގައި އެއްވެސް ޝައްކެތް ނެތްމިންވަރަށް އިތުބާރާއި ޔަގީންކަން އެބައޮތް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު މެމްބަރުންނެވެ. 10 މެމްބަރުންގެ ސޮޔާއިއެކު މިމައްސަލަ ވައްދާފައިވަނީ މިއަދުއެވެ. މނިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމް ޕީއެންސީގެ 9 މެމްބަރުންނާއި، މިނިވަން ދެމެމްބަރުން ކަމަށްވާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި، ނޮޅިވަރަމް ދައިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ސޮޔާއި އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kinboo
thi nimunee thikan. udhikolhun hushahelhieh kamaku maumoonah jessumahves mifaharu thimeehun then a beyru kuraane.