ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދޭ އަނިޔާގެ ފަހަތުގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙައި މިސަރުކާރު ކޮންޓްރޯލްކުރާ ބައިވެރިންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.
ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ސަޢީދު ވިދާޅުވީ، އެއީ ރައީސް ވަރަށް ފާޅުގައި ހެއްދެވި އިތުރުފުޅެއްކަމަށެވެ. ސަޢީދު ވިދާޅުވީ، ރައީސް ޔާމީނަށް ދޭ އަނިޔާގެ ފަހަތުގައި ވަނީ ރައީސް ޞާލިހާއި، ސަރުކާރު ކޮންޓްރޯލްކުރާ ބައެއް ބައިވެރިންކަމަށެވެ. ޤާނޫނުގެ ފޮޅުވަތަކުން އަކުރުތައް ވަކިވެފައިވީނަމަވެސް ޤާނޫނު އަސާސީއާއި މުޅި ދައުލަތް ވަނީ "ހޮސްޓޭޖް" ޙާލަތުގައިކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
ސަޢީދު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ރައީސް ވިދާޅުވީ،ރައީސް ވިދާޅުވި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ރައީސް ޔާމީންގެ ލިބިފައެއްނެތްކަމަށެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި، އެ ފުރުސަތު ރައީސް ޔާމީނަށް އެރުވިކަމަަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެފުރުޞަތުގެ ބޭނުން ރައީސް ޔާމީން ނުހިއްޕެވީކަމަށް ސަޢީދު ވިދާޅުވިއެވެ.
އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކޮށް ޣައިރު ގާނޫނީ ލުއިތަކެއް ދިނީ ސަރުކާރުން އަދީބާ އެކު ހެދި ސިއްރު އެއްބަސްވުމުގެ ދަށުންކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ