ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހު ކޮށްފި

ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 09:58
0

ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ގޮތުގައި 2022 ވަނަ އަހަރު ފާހަގަކުރަން ކަނޑައަޅައި، އެ މުނާސަބާތާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އިފްތިތާހްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަން އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް (އާޓާ) ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި 50 އަހަރުގެ ލޯގޯ ލޯންޗް ކޮށްދެއްވީ މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ ވެސް ބައިވެރިވަޑައިގަތެވެ.

ޓޫރިޒަމް މިނިސްްރީން މިއަދު ބޭއްވި ވާރޗުއަލް ޖަލްސާގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކެވެ.

އަންނަ އަހަރު ފާހަގަ ކުރާ، ޓޫރިޒަމްގެ ރަންޔޫބީލް ލޯގޯ ފަރުމާކޮށްފައިވަނީ އަބްދުﷲ ނަޝާތު އާއި އަހުމަދު އަޒްލީފް އެވެ. މި ލޯގޯއިން ރާއްޖޭގެ ސަފާތަކާއި ރާއްޖޭގެ ރީތިކަން ފެނިގެން ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.