ނަހުލާއަކީ ދައުލަތަށް އުފުލަންޖެހިފަ އޮތް ބޮޑު ޒިންމާއެއްކަމަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ޓެރަރިސްޓަކަށް ފައިނޭންސް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ފުލުހަށް އަދި ސަރުކާރުގެ ކަމާއިބެހޭ އެހެނިހެން އިދާރާތަކަށް ފޮނުވައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަށް އިޝާރާތްކުރައްވާ މުސްޠަފާ ވިދާޅުވީ، ނަހުލާގެ ރީތިކަމާ ހެދި އޭނާއަށް ނިސްބަތްކޮށް އެއްޗެކޭ ބުނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އިންނަވަނީ ބިރުންކަމަށާއި، މިނިސްޓަރ ނަހުލާއަށްވުރެ ރީތި އަބުރުވެރި ކުދިން ރާއްޖޭގައި އެބަތިބިކަމަށް މުސްޠަފާ ވިދާޅުވިއެވެ.
މުސްތަފާ މިހެން ވިދާޅުވެފައިވާއިރު، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން މިނިސްޓަރު ނަހުލާ ހިންގެވި މާލީ މުއާމަލާތަކާއި ވަނީ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާޑުވިދާޅުވަމުން ގެންދަވާއިރު، ކޯލިޝަންގެ ޖޭޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ވިދާޅުވުމަށް މެންބަރުން ފަސްޖެހިވަޑައިގަންނަވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
މީގެ އިތުރުން ޓްރާންޕޯޓް މިނިސްޓްރީގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިހަފްތާގެ ކުރީކޮޅު ވަނީ ޓްރާންޕޯޓް މިނިސްޓްރީގައި ބަޔަކު އިހުތިޖާޖުވެސް ކޮށްފައެވެ. މީގެ އިތުރުން ޓްރާންޕޯޓް މިނިސްޓްރީގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ރައީސް އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި ވިދާޅުވެފައިވާއިރު، މިއަދު ރައީސް ވިދާޅުވީ، ނަހުލާއަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.
ކޮމެންޓު ފޮނުވާ