ޚަބަރު އޮންލައިން ޕޯލް: އާންމުންގެ ޚިޔާލުން ބޮޑު ތަފާތަކުން ކުރި ހޯއްދެވީ އަލްހާން

ޚަބަރު އޮންލައިން ޕޯލް: އާންމުންގެ ޚިޔާލުން ބޮޑު ތަފާތަކުން ކުރި ހޯއްދެވީ އަލްހާން

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 08:13
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އާންމުންގެ ޚިޔާލް ހޯދުމަށް ޚަބަރު އޮންލައިނުން ނެގި ވޯޓުން އެންމެ ތަރުހީބު ބޮޑީ އަމިއްލަ ގޮތުން މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ކަމަށް ދައްކައިފިއެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުގެ މަޤާމަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ތިން ކެންޑިޑޭޓުންގެ މެދުގައި ނެގުނު މިވޯޓު މާލެ ސިޓީ ކައުންސިލަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ އަލްހާން ފަހުމީ ކާމިޔަބު ކޮށްފައިވަނީ 51.5 އިންސައްތަ ވޯޓުންނެވެ. ޕޯލްގައި އަލްހާނާއި އެންމެ ކައިރިން ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ލިބިފައިވަނީ 28.6 އިންސައްތަ ވޯޓެވެ. މި ޕޯލްގައި އެންމެ މަދުން ވޯޓު ލިބިފައިވަނީ މާލޭގެ މެޖޯރިޓީ އަބަދުވެސް ނަގަމުންދާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއް ސައްތާރަށެވެ. އަނަސް ލިބިވަޑައިގެންފައިވަނީ ވޯޓުލީ މީހުންގެ 11.9 އިންސައްތަ ވޯޓެވެ. މީގެއިން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރާކަމަށް 8 އިންސައްތަ މީހުން ވޯދު ދީފައިވެއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮވެ، އެއް ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓުންނަށް ސޯޝަލް މީޑިޔާގައާއި، ޕާޓީތަކުގެ ޖަލްސާތަކުގައި ދަނީ ރައްދު ދެއްވަމުންނެވެ. އެންމެބޮޑަށް ބަހުސް ކުރެވެމުންދަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އަޅާފައިވާ ފްލެޓުތަކުގެ ހައްގު ވެރިންނަށް ފްލެޓު ނުދިނުމަށް މިސަރުކާރުން ހުރަސް އަޅާކަމަށް ވިދާޅުވެ އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒުގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.

ސަރުކާރުގެ މައިޕާޓީގެ ކެންޑިޑޭޓް އަނަސް ވިދާޅުވެފައިވަނީ މިމައްސަލާގައި މުއިއްޒުއަށް ހައްލު ނުގެނެސްދެވޭނެކަށެވެ، ބާރުލިބި 7 އަހަރު މިނިސްޓަރު ކަމުގައި ހުންވައިގެންވެސް ނުގެނެސްދެވެނު ހައްލެއް މިހާރު ގެނެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. މިމައްސަލާގައި އަލްހާން ވިދާޅުވެފައިވަނީ މުއިއްޒުއާއި، އަނަސް އަށްވެސް ވެރިކަމުގެ ތެރެެއިން މިކަން ކުރަން އެކި ފަހަރު މަތީން ފުރުސަތު ލިބިފައި ވީނަމަވެސް ހުސް ވާހަކަ ދެއްކުން ފިޔަވައިވީ އެއްވެސް ކަމެއް ނެތްކަމަށެވެ. މިމައްސަލަ ހައްލު ކޮށްދެވޭނީ އިޚުލާސްތެރި މަސައްކަތްތަކެއް ކުރާނެ ރައްޔިތުންގެ އިހުސާސްތައް އެގޭ ކެންޑިޑޭޓަކަށް ކަމުގައި އަލްހާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ބަޔަކާއި ގުޅޭގޮތުން އާންމު ޚިޔާލު ހުރިގޮތް ބެލުމަށް ޚަބަރު އޮންލައިނުންވަނީ މީގެ ކުރިން ޕޯލްއެއް ގެނެސްދީފައެވެ. އެ ޕޯލް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަ އިދިކޮޅު ޕީޕީއެމް އިންނެވެ. އެ ޕޯލްގެ ނަތީޖާއިން ޕޯލުން ދައްކާ ގޮތުން އިދިކޮޅު ޕީޕީއެމް އަށްވަނީ 74.5 އިންސައްތަ ވޯޓު ލިބިފައެވެ. ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 25 އިންސައްތަ ވޯޓެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 0.5 އިންސަތަ ވޯޓެވެ. އެ ޕޯލްގައި 7,843 މީހުން ވޯޓު ދީފައިވެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
ހަނޑަސްމެންނަށް ވެރިކަމާއި މަޖްލިސް މެޖޯރެޓަ އާއި އަށްޑުއަތޮޅުގެ ކައުންސިލް މެޖޯރެޓީ ކުރެވުނު އެއްވެސްކަމެއްނެތް ދެންވެސް ކައުންސިލް ތަކުގެ މެޖޯރެޓީ ދިނަސް ހަމަހަރާން ކުރެވޭނެކަމެއް ފޮނިވައުދުކުރެވޭނީ ދައުލަތުގެ ތިޖޫރީ ތަކުގެ ދޮރުފަތެއްނެތް ހުސްކޮރަޕްޝަންއޮތީ ވަރަށްވަރަށްސާފް އިނގޭތޯ
ޗ ޗެލްސީ
ނަތީޖާ އަންނަނީ ތި ފޯލް އާއި ދިމާ އިދިކޮޅަށް. މޮޔައު ދޯ ގަބޫލުކުރާނީ އަލްހާން މާލޭގަ މުޅި ބޯޓަކުން ހޮވޭނެކަމަށް.
ދ ދޫނި
tizaathuge. pol negeema thiya noohaamedhu oi ithubaaraki kobaa. udu fenna fadhain eba engey thee fake polehkan.