ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިހު ޤަތަރާއި ބަންގްލަދޭޝަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިހު ޤަތަރާއި ބަންގްލަދޭޝަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 07:43
0

ރައީސުލްޖުމްހޫރިއްޔާ ޤަތަރާއި ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުކަމަށެވެ. މިދަތުރުފުޅަކީ ރާއްޖެއާ ޤަތަރާއެކު އަލުން ގުޅުން ޤާއިމްކުރުން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުވަނީ ވިދާޅުވެފައެވެ.

ތިން އަހަރަށް ފަހުން ރާއްޖެއިންވެސް ޤަތަރާއިއެކު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް ނިންމައި އެކަން އިއުލާންކުރީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ. ޤަތަރުގެ އިތުރުން މިމަހުގެ 15ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށްވެސް ރަސްމީ ދަތުރުފުޅެއްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްއަށް ރައީސް ވަޑައިގަންނަވަނީ 1975 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ޝެއިޚް މުޖީބު ރަޙްމާނަކީ ބަނގްލަދޭޝްގެ ފުރަތަމަ ރައީސެވެ.

މިއީ ކޯވިޑް-19 ގެ ހާލަތުގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ދަތުފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.