ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު 10،000 ދަރިވަރުން ހިފައިފި: ރައީސް

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު 10،000 ދަރިވަރުން ހިފައިފި: ރައީސް

Author
މުޙައްމަދު ޖިމީ
10 މާރޗް 2021 04:34
0

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި 10،000ވުރެ ގިނަ ދަރިވަރުންނަސް ކިޔެވުމުގެ ފުރުޞަތު ދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތަރުތީބަށް ބަދަލު ގެނެސްފައިވާކަމަށާއި، މިހާރު މަޝްރޫޢުތައް ކުރިއަށް ގެންދަނީ ކޯވިޑް ރިކަވަރީ ޕްލޭނާ އެއްގޮތަށްކަމަށެވެ.
ރައީސް ވިދާލުވީ މިސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢުއަކީ ތަޢުލީމަށް ފުުރުޞަތު ތަނަވަސްކޮށްދިނުންކަމަށާއި، އެގޮތުން މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި 10،000 ވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ދެވިފައިވާކަމަށެވެ. އެގޮތުން އެ ލަންޑުދަނޑި މިދިޔަ މަހު ހާސިލްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު މަތީ ތަޢުލީމަށް ސަރުކާރުން ދޭ ފުރުޞަތުގެ ތެރެއިން ކުރިއަށް އޮތް ދެއަހަަރު ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ފަށާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ދޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40 އާއި %60 އާ ދެމެދުގެ އަދަދަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.