ކޯލިޝަން ދެމި އޮންނާނެ، ކޯލިޝަން ރޫޅާލުމުގެ ވިސްނުމެއްނެތް: ރައީސް

ކޯލިޝަން ދެމި އޮންނާނެ، ކޯލިޝަން ރޫޅާލުމުގެ ވިސްނުމެއްނެތް: ރައީސް

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 04:32
0

ވެރިކަން ކުރުމަށް އެކުލަވާލި ކޯލިޝަން ރޫޅިގެން ނުދާނެކަމަށާއި، ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ކޯލިޝަން ދެމި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވެރިކަމަށް އައީ ކޯލިޝަންގެ ތެރެއިން ކަމަށާއި، މިވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެންދެންވެސް ކޯލިޝަން ދެމި އޮންނާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަންގެ ވެރިންނާއި ކޮންމެ ދުވަހަކު ބައްދަލު ނުކުރެވުނު ކަމުގައި ވީނަމވެސް ހަފްތާގެ ގިނަ ދުވަސްތަކުގައި ކަންކަމުގައި ކޯލިޝަންގެ ވެރިންނާއި ވާހަކަ ދެކެވި މަޝްވަރާ ކުރެވެމުންދާކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެ ވަޑައިގެނެވި ގޮތަށް ކޯލިޝަން ދަމަހައްޓަވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.