ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން އިދިކޮޅު ފަރާތްތަކާއި ގުޅެން އުޅޭކަމަށް ދެކެވޭ ވާހަތައް އެޕާޓީން ދޮގުކޮށްފިއެވެ.
ބާއެއް މީޑިޔާތަކުގައި އެމްއާރުއެމްއިން އިދިކޮޅު ފަރާތްތަކާއި ކޯލިޝަން ހަދަން އުޅޭކަމަށް ބުނެ ލިޔެފައިވާ ވާހަތަކާއި ގުޅިގެން މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ އެމްއާރުއެމް އޮތީ ސަރުކާރާއި އެކުގައި ކަމަށާއި، އެހެން އެއްވެސް ބަޔަކާއި ކޯލިޝަން ހެދުމަށް އެއްވެސް ސިފައެއްގައި ވާހަކަ ދެކެވިފައި ނުވާކަމަށެވެ.
އެމް.އާރް.އެމް އިން މި ފަދަ ނިންމުމެއް ނިންމާފައެއް ނުވޭ. އަދި މި ފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ.
– ޔުމްނާ ވިދާޅުވިއެވެ.
ބައެއް މީޑޔާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް މައުމޫނު 2023ގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަން އާ ގުޅެ އެތެރެން ނިންމާފައިވާ ކަމަށެވެ. އަދި އިދިކޮޅުން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބާއްވާ އެއްވުންތަކުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ މެމްބަރުން ބައިވެރިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން ވިދާޅުވީ ޕީޕީއެމް އޮފީސް ހުންނަ ހެންވޭރު އުރަފާ އިމާރާތާއި ޖެހިގެން އިން ގުދަން ރައީސް މައުމޫންގެ އެދުމުގެ މަތިން ޖަގަހައެއް ހެދުމަށް ދީފައިވާ ކަމަށެވެ.
އެމްއާރުއެމްއިން ވަނީ މި ހުރިހާ ވާހަކައެއް ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ