ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް ފްލެޓް ކޮމިޓީއަށް ނުނެރެވޭނެ: ނަޝީދު

ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް ފްލެޓް ކޮމިޓީއަށް ނުނެރެވޭނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
10 މާރޗް 2021 12:51
0

ފްލެޓް ކޮމިޓިގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ފްލެޓް ކޮމިޓީއަށް "ހިޔާ" މަޝްރޫޢޫގެ ދާއިމީ ލިސްޓް ނުނެރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލޓްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް މަޖިލީހަށް ޙާޒިރުކުރައްވާ ސުވާލު ދެންނެވުމުން މިނިސްޓަރ އަސްލަމް ވަނީ ހިޔާ ފުލެޓުގެ ދާއިމީ ލިސްޓު، ފުލެޓު ކޮމިޓީން ޢާންމުކޮށްފައި އޮތްނަމަވެސް އެ ލިސްޓްގައި ހިމެނޭ މީހުންނަށް ފަލެޓް ދިނުމުގެ ކުރިން މިނިސްޓްރީން ބަލަންޖެހޭ ބައެއްކަންކަން އެ ކޮމިޓީން މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ. އަދި ފްލެޓްތައް ހަވާލުކުރާނީ އެކަންކަމަށް ބެލުމަށްފަހު ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެއާއެކު ފްލެޓް ކޮމިޓީ އުފެއްދުމަށް ރައީސް އޮފީހުން ނެރުނު އިއުލާން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އޭގާ މައިގަނޑު ތިންކަމެއް ކޮމިޓީއަށް މަތިކޮށްފައިވާކަމަށާއި، ކޮމިޓީގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ ފުލެޓުތަކުގެ މައްސަލައާ ގުޅޭ ގޮތުން ލަފާއެރުވުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ފެއްޓެވި 7000 ހައުސިން ޔުނިޓް މަޝްރޫއުން، ފްލެޓް ދީފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ފްލެޓް، ކޮމިޓީ އަށް އެ މަޝްރޫއުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަހަވީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ފްލެޓް ކޮމިޓީން އާއްމުކޮށްފައިވަނީ ފެބުރުއަރީ 9 ވަނަ ދުވަހުއެވެ. އަދި މިމަސް ނިމުމުގެ ކުރިން ފްލެޓްތައް ލިބުނު މީހުންނާއި ހަވާލުކުރާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެފައިވެއެވެ. ހިޔާ މަޝްރޫއުގެ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720އަށް ބަދަލުކޮށްފައެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭނެކަމަށް މިހާރު އިޢުލާންކޮށްފައިވާ ދާއިމީ ލިސްޓްގައިވެސް މައްސަލަތަކެއް އުޅޭނަމަ އެކަން ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.