މާލޭގެ ރައްޔިތުންނަށް ގޯތިދޭން ބިމެއް ހިއްކަނީ

މާލޭގެ ރައްޔިތުންނަށް ގޯތިދޭން ބިމެއް ހިއްކަނީ

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 10:55
0

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް، އެކަން ތަންފީޒު ކުރުމަށް މާލެ ކައރީގައި އިތުރު ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން މިނިސްޓަރ އަސްލަމް ވަނީ މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ގޯތި ދިނުމަށް ކުރައްވާ މަސައްކަތަކީ ކޮބައޮތޯ އީވާ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެފައިވަ ވައުދާ އެއްގޮތަށް ބިން ދޫކުރެވިގެންދާނެކަމަށެވެ.

ނަމަވެސް އެކަން އިއުލާން ކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުކަމަށާއި، ރައީސް އެކަން އިއުލާންކޮށް ތަފްސީލް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެ އިށީންނެވުމުން މަޖިލިސް ރައީސް ވަނީ އެސުވާލުގެ ޖަވާބު ސާފުކޮށްދެއްވާފައެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ހިއްކުމަށްޓަކައި މިހާރު ބަޔަކާއި ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ލޯނުވެސް މިހާރު ހަމަޖެހިފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީ ސަރުކާރުން އެންމެ ފުރަތަމަ ވިސްނުން ގެންގުޅުވީ ގުޅިފަޅުގައެވެ. ނަަމަވެސް މިސަރުކާރުންވަނީ ގުޅީފަޅުގައި ޕޯޓެއް ގާއިމްކޮށް، ސިނާއީ އެހެން މަސައްކަތް ކުރާ ތަނަކަށް ބަދަލުކޮށްފައެވެ. ގުޅިފަޅުގައި ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މާލޭގެ ގިނަ ރައްޔިތުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.