ހުޅުމާލޭ ދާއިރާގައި ދިރިއުޅެމުންދާ ޒުވާނުންނަށް އެދާއިރާގެ ކައުސިލްގޮޑިއަށް ވާދަކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާގެ މުހިންމު ވައުދުތަކެއް ހިއްސާ ކުރައްވައިފިއެވެ.
ލާމަރުކަޒީ އުސޫލުްނ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ޤާނޫނަށް ގެނެވުނު ބޮޑެތި އިސްލާހުތަކާއިއެކު ބޭއްވޭ އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ޝުޖާ ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަހި ގޮތްތަކެއް ވާންޖެހޭކަމަށެވެ. ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތަކައި، ކުރިއަށް ދިއުމަށް ބޭނުންވާ ފުރުސަތުތައް ހޯދައި ދިނުމަކީ އޭނާގެ އަމާޒެއްކަމަށެވެ. އަދި ހަމަ އެހެންމެ ޒުވާނުންގެ މެދުގައި އިސްލާމްދީނަށް ލޯބި އިތުރުކޮށް، ދީނީ ޕްރޮގުރާމުތައް ހިންގުމަކީވެސް އޭނާގެ އަމާޒެއްކަމަށެވެ.
ހުޅުމާލެ އަކީ ޒުވާނުންގެ ޝަހަރު! އިތުރު ފުޓްސަލް ދަނޑުތައް ޒުވާނުން ބޭނުންވޭ. ފުޓް ބޯޅަ ދަނޑެއް ނެތް. ޒުވާނުންނަށް ފަހި ފުރުސަތު ތަކެއް ހޯދަ ދިނުމަކީ އަޅުގަނޑުގެ ބޮޑު އަމާޒެއް. ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ތައް ކައުންސިލުން ހިންގާނަން.
– ޝުޖާ ވިދާޅުވިއެވެ.
ހުޅުމާލޭ ދާއިރާއަކީވެސް ގިނަ ޒުވާނުންތަކެއް ދިރިއުޅޭ "ޒުވާނުންގެ ޝަހަރު" ގެ ނަމުން ރައީސް ޔާމީންގެ ވެރިކަމުގައި ނަން ދެވިފައިވާ ދާއިރާއަށްވާއިރު، ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންގެ މެދުގައި އެކުލަވާލެވިފައިވާ ކުލަބު ޖަމްއިއްޔާ ޖަމާއަތްތަކަށް ކައުންސިލާއި ގުޅިގެން ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވާނެ ކަމަށްވެސް ޝުޖާ ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭ ގައި ރަޖިސްޓްރީ ވެފައިވާ ކުލަބް، ޖަމިއްޔާތައް ބާރުވެރި ކޮށް، ކައުންސިލުން ހިންގާ ޕްރޮގްރާމް ތަކުގައި ކުލަބް ޖަމިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުމަކީ އަޅުގަނޑުގެ އަމާޒެއް. ބާރުވެރި ކުރުވޭނީ ކުލަބް ޖަމިއްޔާ ތަކަށް ބާރު ދީގެން.
– ޝުޖާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގެ ކެންމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބާއި ދިމާކޮށް ގިނަ ކެނޑިޑޭޓުން ދަނީ އެކެންޑިޑޭޓެއްގެ ސިޔާސަތުތަކާއި، ކޮށްދެވޭނެ ކަންކަން ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ. އިންތިޚާބަށް އެއްމަސް ދުވަހަށް ވެފައިވާއިރު، އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީ އިލެކްޝަން ކޮމިޝަނުންވެސް ދަނީ ވަމުންނެވެ.
ކޮމެންޓު ފޮނުވާ