ލޯބިވެރިޔާ ކޯވިޑްއަށް ޕޮޒިޓިވް ވުމުން އާލިއާވެސް އައިސޮލޭޝަނަށް

ލޯބިވެރިޔާ ކޯވިޑްއަށް ޕޮޒިޓިވް ވުމުން އާލިއާވެސް އައިސޮލޭޝަނަށް

Author
ފާތިމަތު ނާވީ
10 މާރޗް 2021 11:11
0

ކޯވިޑް-19ގެ ޓެސްޓު ނެގެޓިވް ވީ ކަމުގައިވިޔަސް އާލިއާވަނީ އަމިއްލައަށް އައިސޮލޭޓު" ވެފައެވެ. އާލިއާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވަނީ އޭނާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރުގެ އިތުރުން އޭނާ މިހާރު މަސައްކަތްކުރަމުންގެންދާ ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މުމްބާއީގައި ކޯވިޑް 19ގެ ކޭސްތަށް ވަނީ ކުއްލިއަކަށް އިތުރުވެފައެވެ. މި ހާލަތުގައި ޕޮޒިޓިވްވި ސަންޖޭ އަދި ރަންބީރްވަނީ ސެލްފް އައިސޮލޭޝަނަށް ގޮސްފައެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައެވެ. ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓަކުން އެނގޭ ގޮތުގައި އާލިއާ ބަޓްވެސް ވަނީ އަމިއްލައަށް އައިސޮލޭޓުވެފައެވެ.

އާލިއާ ބަޓް ކޮންމެ ދުވަހަކުވެސް ކޯވިޑް ޓެސްޓު ކުރެއެވެ. އެގޮތުން އެންމެ ފަހުން އޭނާ ކުރި ޓެސްޓުގެ ނަތީޖާވަނީގެސް ވަނީ ނެގެޓިވް ވެފައެވެ. އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން އޭނާވެސް ވަނީ އައިސޮލޭޝަންގައެވެ.

ރަންބީރު ކޯވިޑަށް ޕޮޒިޓިވް ކަމާއި އޭނާގެ ހާލު ރަނގަޅުކަން ކަށަވަރު ކޮށްދިނީ އޭނާގެ މަންމަ ނީތޫ ކަޕޫރެވެ. ނީތޫ ބުނެފައިވަނީ ރަންބީރް ކަރަންޓީނުގައި ހުރިކަމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅާފައި ވާކަމަށެވެ.

"ގަންގޫބާއި ކަތިއާވަޅީ"ގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ކޯވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ އާ ކޮންޓެކްޓް ވެފައިވާ އެންމެންގެ ޓެސްޓްކުރަން ވަނީ ފަށާފައެވެ. ހާއްސަކޮށް ފިލްމުގެ ޝޫޓިންގ މެދުކަނޑާލައި ފިލްމުގެ ކްރޫގެ ހުރިހާ އެމްބަރުން ވަނީ ޓެސްޓްކޮށްފައެވެ.

އާލިޔާ މިހާރު މަސައްކަތްކުރަމުންގެންދާ "ގަންގޫބާއި ކަތިއާވަޅީ"ގެ ޓީޒާ އާންމުކޮށް ޖުލައި30 ވަނަ ދުވަހު ރިލީޒްކުރާނެކަމަށް އިއުލާން ކޮށްފައި ވީނަމަވެސް، މި ފިލްމުގެ މެދުކަނޑާލާފައިވާ މަސައްކަތްތައް އަލުން ފެށޭނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.