އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އަލީ އާޒިމް ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު ހުންނެވީ އަމިއްލަ ގޭގައި ކަރަންޓީން ވެގެންނެވެ. އަޒިމް މިހަފްތާގައި އާލާސްކަން ފުޅާ އުޅުއްވާތީ މަޖިލީހަށްވެސް ވަޑައި ނުގަންނަވައެވެ. އާޒިމް ޕޮޒިޓިވްވެފައިވާކަން އެގުނީ އިއްޔެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އާޒިމަކީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މަޖިލީހުގެ ފުރަތަމަ މެންބަރެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި ގާތުން ބައްދަލުވުމުން މީގެ ކުރިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ