އެޗްއާރްސީއެމް އަށް އައްޔަންކުރަން ފޮނުވި ނަމަށް ކޮމިޓީން ފާހެއްނުވި

އެޗްއާރްސީއެމް އަށް އައްޔަންކުރަން ފޮނުވި ނަމަށް ކޮމިޓީން ފާހެއްނުވި

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 09:48
0

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މެމްބަރު ކަަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ށ. ކޮމަންޑޫ، އޭރީސް / އައިޝަތު ލީޒާއަށް ކޮމިޓީން ރުހުން ނުލިބުނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މެމްބަރަކު އައްޔަން ކުރުމަށް އިންޓަރވިއު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓް އެންޑް ޖެންޑާ ކޮމިޓީންނެވެ. ލީޒާ އަށް ކޮމިޓީން ރުހުން ލިބިފައި ނުވަނީ ކޮމެޓީން ކުރި އިންޓަވިއު އިން ފާސް ނުވުމުންނެވެ. ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވީ ނަމަވެސް އިންސާނީ ހައްގުތަކާއި ގުޅުންހުރި ދާއިރާތަކުން ލީޒާގެ އެއްވެސް ތަޖުރިބާ އެއް ނެތް ކަމަށެވެ.

ކޮމެޓީން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުތަކަށް ބަލާއިރުވެސް އިންސާނީ ހައްގުތަކުގެ ނަޒަރުން ލީޒާ އަށް ފުރިހަމަ އަށް ޖަވާބު ދެވިފައި ނުވާ ކަމަށް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ހައްގުތަކުގެ ބައިނަލްއަގުވާމީ ނިޒާމާއި ބައިނަލްއަގުވާމީ އުސޫލުތަކަށް ލީޒާ އަހުލުވެރި ނޫން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ލީޒާގެނަން ތަޅުމަށް ފޮނުވަން ކޮމިޓީން ނިންމުމާއި ގުޅިގެން އެޗްއާރުސީއެމްގެ މެމްބަރުކަމަށް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖެހޭނީ އެޗްއާރުސީއެމްގެ މެމްބަރަކު ހޯދުމަށް ހުޅުވާލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިރު
ޔޫކޭގެ ކާޑިފް ޔުނިވަރސިޓީން އެއްވަނަ ލިބި ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބިފައިހުރި ފަރާތެއް. ރައީސުލްޖުމްހޫރިއްޔާގެ ހަމައެކަނި ނޮމިނޭޝަން. ފެންވަރު ނެތޭބުނީމާ ތިބޭފުޅުންގެ ފެންވަރު ފެނިއްޖެ
ހ ހުސެން
ތި ވިދާޅުވަނީ ކިތަންމެ މޮޅަށް ކިޔެވިޔަސް އެއްޗެއް ނޭންގޭތޯއެވެ. ބުއްދި ހަމަޖެހޭތޯ؟