ރައީސް ޞާލިހު މާދަމާ ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ރައީސް ޞާލިހު މާދަމާ ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 07:04
0

ކޯވިޑް-19 އާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލު ނުކުރައްވާ ގިނަ ދުވަސްތަކެއް ވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ހަވީރު ނޫސްވެރިންނާއި ބަދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް މާދަމާ ނޫސްވެރިންނާއި ބައްދަލު ކުރައްވުމަށް ހަމަޖެހިފައިވަނީ ހަވީރު، 16:00 ގައި ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައިސް ދޭދެތެރެ ދޭތެރެއިން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އެމަނިކުފާނު އެންމެފަހުންވެސް ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

މިސަރުކާރުން ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިސަރުކާރުން ދެއްވާނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. ފަހަކަށް އައިސް މިސަރުކާރުގެ ވަރަށް ގިނަ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުވެފައި ވީނަމަވެސް ސަރުކާރުން އެކަންކަމަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.