ދާ އަޅައިގެން ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުއްލި މައްސަލައެއް މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ތޯރިގު ވިދާޅުވީ ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓުތައް މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައިވެ މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރުމުންދާ ކަަމަށް މަސްވެރިން ރިޕޯޓްކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް ސަމާލުވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އިތުރަށް ބެލެހެއްޓުމަށް ތޯރިގު ވަނީ ގޮވާލައްވައިފަ އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މައްސަލަ ބަލައި ގަންނަން ފެންނަ ކަަމަަށް 10 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދ ނުފެންނަ ކަަމަށް 26 މެމްބަރަކު ވޯޓު ދެއްވިއެވެ.
މިޤަރާރުގެ ބަހުސް މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ މިއީ ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށްޓަކައި ހުށަހެޅި ކުއްލި މައްސަލައެއްކަމަށެވެ. މި މައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަސްވެރިންގެ ހައްގުގައި މިސަރުކާރުން ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި ބޭތުގެ މަސްބޯޓުތަކުން ރާއްޖޭގެ މާކަނޑުގައި މަސްވެރިކަން ކުރަމުންދާ މައްސަލަ ހުށަހެޅުމުން މިއީ މައްސަލައެއްކަމަށް މިސަރުކާރަށް ނުވާކަމީ ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ހާމަވާ ކަމެއްކަމަށެވެ.
ފަހަކަށް އައިސް ރާއްޖެއިން ދަނީ ގިނަ އަދަދަކަށް ބޭރުގެ މަސްބޯޓުތައް އަތުލަމުންނެވެ. އާންމުކޮށް ރާއްޖޭގެ ސަރަހައްދުން ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައި ގަންނަނީ ދާއަޅައިގެން މަސްވެރިކަން ކުރާ އުޅަދުތަކެވެ.
ކޮމެންޓު ފޮނުވާ