ސަލާމުގައި ހުރެވޭނެ ވަކި މުއްދަތެއް އެމްޑީޕީގެ ސުޕަމެޖޯރިޓީން ކަނޑައެއްނާޅާނެ: ސައީދު

ސަލާމުގައި ހުރެވޭނެ ވަކި މުއްދަތެއް އެމްޑީޕީގެ ސުޕަމެޖޯރިޓީން ކަނޑައެއްނާޅާނެ: ސައީދު

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 02:05
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވަޑައިނުގެން، އެއްވެސް ހައްދެއް ނެތި ސަލާމުގައި ނުތިބެވޭނެ ގޮތަށް މަޖިލީހުގެ ގަވާއިދު މިހާރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ފާސް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވަޑައިނުގެން، އެއްވެސް ހައްދެއް ނެތި ސަލާމުގައި ނުތިއްބެވޭ ގޮތަށް ރައްްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހާއި މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ބޮޑު ޚިޔާލް ތަފާތުވުމެއް އުފެދިފައެވެ.

މިމައްސަލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވި މިއީ އެއްވެސް އިހުލާސްތެރިކަމެއް އޮވެގެން ހުށަހަޅާފައިވާ އިސްލާހެއް ނޫންކަމަށާއި، މިކަން ކުރުމުގެ އެއްވެސް ހެޔޮ ނިޔަތެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ނެތްކަމަށެވެ. އެމްޑީޕީ ޕީޖީ ގްރޫޕަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގައި ޕާޓީގެ ލީޑަރޝިޕުން އަންގައިގެން އެތައް ދުވަހަކު މަޖިލީހަށް ހާޒިރު ނުވާ މެމްބަރުން ހިމެނޭ ޕީޖީ ގްރޫޕެއްކަމަށާއި، މިއަދުވެސް އޭގެ ތެރެއިން ބައެއް މެމްބަރުން މަޖިލީހުގައި ހިމެނޭކަމީ މިކަމަށް ބަދަލެއް ނުގެންނާނެ އެންމެ ބޮޑު އެއް ދަލީލުކަމަށް ސައީދު ވިދާޅުވިއެވެ.

ސަލާމުގައި ހުރެވޭނެ ވަކި ދުވަަހަކަށް ކަމަށް ނިންމުމުގެ ބާރު އޮތީ މަޖިލީހުގައި. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އިން މިކަން ނުކުރާނެ. 18 ވަނަ މަޖިލިސް ހިންގަމުން ދިޔައިރު އެމްޑީޕީގެ ލީޑާޝިޕްގެ އެންގެވުމަށް އޭރުގެ މެމްބަރުން ވަނީ ގިނަ ދުވައްތަކަކަށް މަޖިލިސް އަށް ހާޒިރުވެ.

– ސައީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދަށް މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވާގޮތަށް ގަވައިދު ބަދަލުކޮށްފި ނަމަ މެޑިކަލްް ސެޓްފިކެޓް ހުށަނާޅުއްްވައި، ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަހުއެވެ. އެއަށް ވުރެ އިތުރުވާ ނަމަ މެޑިކަލް ސެޓްފިކެޓް ގެންދަވަން ޖެހިވަޑައިގަންނަވާއިރު އެގޮތަށް ވެސް ނެންގެވޭނީ އަހަރަކު 15 ދުވަހެވެ. އެގޮތުން މެމްބަރުންނަށް ސަލާމް ވިދާޅުވެގެން ތިއްބެވޭނީ އަހަރަކު ޖުމްލަ 30 ދުވަހުއެވެ.

މީކާއީލް ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ބޮޑު ބައްޔެއް ނުވަތަ އެކްސިޑެންޓެއް ވެއްޖެނަމަ އެ މެންބަރަކު އެ މާއްދާއިން އިސްތިސްނާ ވާނެ ކަމަށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުމުގެ ކުރިން ސަލާން ވިދާޅުނުވެ ވެސް މެންބަރުން ޖަލްސާއަށް ހާޒިރުނުވެ ތިއްބެވުމަށް ގަވާއިދު ހުރަހެއް ނާޅައެވެ. އަދި ހާޒިރު ނުވާ ޖަލްސާތަކަށް މުސާރައިން އުނި ވެސް ނުކުރެއެވެ. އެމްޑީޕީގެ މެޖޯރިޓީއާއެކު މި މަޖިލިސް ފެށި އެ ކަން ހުއްޓުމަކަށް ގެންނަން ސަލާން ވިދާޅުނުވެ ހާޒިރު ނުވާ ޖަލްސާތަކުން މުސާރައިން އުނިކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.