ގައިދީންނަށް ލުއިދޭ ގޮތް ސާފުކޮށް ސަރުކާރަށް ލަފާއަރުވަން ޖުޑީޝަރީ ކޮމިޓީއަށް

ގައިދީންނަށް ލުއިދޭ ގޮތް ސާފުކޮށް ސަރުކާރަށް ލަފާއަރުވަން ޖުޑީޝަރީ ކޮމިޓީއަށް

Author
މުޙައްމަދު ޖިމީ
09 މާރޗް 2021 12:05
0

ޖަލުތަކުގައި ތިބި ގައިދީންނަށް އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރެވޭ ގޮތް ބަލައި، ސަރުކާރަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖުޑީޝަރީ ކޮމިޓީއަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިހާތަނށް އެންމެ ގިނަ ސިޓީ މަޖިލީހަށް ލިބިފައިވަނީ ފްލެޓްތަކުގެ މައްސަލައާއި، ގައިދީންނަށް އަދަބު ލުއިކޮށްދިނުމާއި ގުޅޭގޮތުންކަމަށެވެ.

މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ގައިދީން އިލްތިޟާސްކުރާ ފޯމް ހުށައެޅުމަށްފަހު ޖަވާބެއް ނުލިބި ލަސްވާމައްސަލާގައި ކޮމިޓީން އެ މައްސަލަ ދިޜާސާކޮށް ރައީސް އޮފީހަށް ކަންތައްތަކެއް އެންގެވިކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އަދިވެސް އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާކަމަށެވެ. އެހެންކަމުން ޖަލުތަކުގައި ހުކުމް ތަންފިޒް ކުރަމުން އަންނަ ގައިދީންނާއި ގުޅޭ ހުރިހާ މަޢުލޫމާތުތަކެއް ހޯދައި ދިރާސާކޮށް، އެކަމާއި ގުޅިގެން ސަރުކާރަށް ލަފާ އެރުވުމަށް ރައީސް ނަޝިދު ވަނީ ޖުޑީޝަރީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

ކޮމެޓީން މިހާރު ހިންގަން ޖެހިފައިވާ މަސައްކަތަކީ ޖަލުގައި ނުވަތަ ހުކުމްގައި ތިއްބެވި ހުރިހާ ފަރާތެއް ހޯއްދަވައި، އެމީހުންގެ ކުށަކީ ކޮބައިތޯ، ހުކުމަކީ ކޮބައިތޯ، ވަނަވަރަކީ ކޮބައިތޯ، އަފްއާމަށް އެދިފަވާ އިމަކީ ކޮބައިތޯ، އަދަބު ލުއިކުރައްވަން އޮއްތޯ ޖުޑީޝިއަރީ ކޮމެޓީން އޭގެ އެއްމް ފުންމިނަކަށް ދިރާސާ ކުރެއްވުން.

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ރައީސް އޮފީހުން ކުށްވެރިންނަށް މަޢާފްދޭކަމުގެ ތުހުމަތު

ޖަލުތަކުގައި ތިބި ގައިދީންނަށް އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރެވޭ ގޮތް ބެލުމަށް ޖުޑީޝަރީ ކޮމިޓީއަށް މަޖިލީހުގެ ރައީސް އަންގަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މަޢާފްދީ އަފްޢާމް ދެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޛ ޛސކަަހހަހސ
ތިޔަ އުޅުއްވަނީ ވޯޓަށް ޖަލުގަތިބި ޕާޓީ މީހުން ދޫކުރަން