ރާއްޖެ ސަރަހައްދުގައި ބޭރުގެ ބޯޓުތަކުން ދާ އަޅާތީ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ރާއްޖެ ސަރަހައްދުގައި ބޭރުގެ ބޯޓުތަކުން ދާ އަޅާތީ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޖިމީ
09 މާރޗް 2021 10:10
0

ބޭރުގެ ބޯޓުތައް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައެއް ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާއަށް މެންބަރު ޠާރިޤް ހުށައެޅުއްވި ކުއްލިމައްސަލަ ބަލައިގަތުމާމެދު ވޯޓަށް އެހުމުން އެ މައްސަލ ބަލައިގަތުމަށް ވޯޓް ދެއްވީ10 މެންބަރުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް26 މެންބަރަކު ވަނީ ވޯޓްދެއްވާފައެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މެންބަރު ޠާރިޤް ވިދާޅުވީ، ދާ އަޅައިގެން ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓްތަކުން މަސްވެރިކަން ކުރާމައްސަލަ އިންތިހާއަށް އިތުރުވެފައިވާކަމަށެވެ. އެކަމުގެ ސަަބުން ރާއްޖޭގެ މަސްވެރިކަމަށް ކުރާ ނޭދެވޭ އަސަރު މަސްވެރިން ރިޕޯޓްކުރަމުންދާކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ޠާރިޤްގެ މައްސަލާގައި ވަނީ ގޮވާލައްވާފައެވެ.

ދާ އަޅައިގެން މަސްވެރިކަންކުރާ ބޭރުގެ މަސްބޯޓްތަކުގެ މައްސަލަ ހުއްޓުވުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ނ.އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސައިން އިބްރާހީމް
މިކަމަކީ މިއަދަކު އިއްުޔެއަކު ހިގާކަމެއްނޫ މިދިޔަ 5 އަހުވެސްހިގިކަމެއް ކީއްވެނުހުއްޓުނީ