ކޯލިޝަން ސަރުކާރުގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ދީފައިވަނީ ފެންކައްކާ ބޮލީގެ އިއްޒަތްތަކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މަގާމުން ވަކިކޮށް އެ ވުޒާރާ ހިންގުން އެމްޑީޕީގެ ބެފުޅަކާ ހަވާލުކުރުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރަކު އިއްޔެ އޮތް މަޖިލިސް ޖަލްސާގައި ގޮވާލައްވާފައިވާތީއެވެ.
އާދަމް ޝަރީފް ވިދާޅުވީ، "ފަތަފޮޅި ދަށުލީ ފަތްގަނޑަކަށް" ހިތާހިތުންވެސް ކޯލިޝަންގެ އެމްޑީޕީ ނޫން ޕާޓިތަކުގެ މިނިސްޓަރުންނަށް ނުހިތާކަމަށެވެ.
ކޯލިޝަން ސަރުކާރުގައި އެމްޑީޕީ ނޫން ޕާޓީތަކަށް ދީފައިވަނީ ފެންކައްކާ ބޮލީގެ އިއްޒަތް. ފަތަފޮޅި ދަށުލީ ފަތްގަނޑަކަށް ހިތާހިތުންވެސް ކޯލިޝަންގެ އެހެން ޕާޓީތަކުގެ މިނިސްޓަރަކަށް ނުހިތާ
– މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ސަރުކާރަށް ދެ އަހަރުގެ ތެރޭގައި މިހާތަނަށް ވަނީ ފަސް ވަޒީރަކު މަޤާމުން ދުރުކޮށްފައެވެ. އަދި އެއީ އެމްޑީޕީ ނޫން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ާވަޒީރުންނެވެ. ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ މަޤާމުން ވަކިކޮށް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަަކަށް ދިނުމަށް ގޮވާލާފައިވާއިރު، މީގެ ކުރިން ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާއަށް ގޮވާލާ ކުރިމަތިވި ޕްރެޝަރުގައި އކަެމަނަާވެސް އިސްތިއުފާދެއްވިއެވެ.
ކޮމެންޓު ފޮނުވާ