2000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

2000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 07:46
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން ހުޅުމާލޭ ދެވަނަ ވަނަ ފިޔަވަހީ 2000 ހައުސިންގ ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއާއި އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ

މި މަޝްރޫއުގެދަށުން 650 އަކަފޫޓުގެ 2 ކޮޓަރީ ގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީ ގެ 1400 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެކްސްޕޯރޓް އިމްޕޯރޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢު3 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްވެސް އެއްބަސްވުމުގައިވެއެވެ.

ފަހި ދިރިއުޅުން ކޯރޕަރޭޝަންގައި ބޭއްވި ރަސްމިއްޔާރުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް ކައްރި ސުދާކަރަ ރެޑީއެވެ.

ޖޭއެމްސީ ޕްރޮޖެކްޓްސް  ލިމިޓެޑްއަކީ އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރުމުގެ ތަޖުރިބާހުރި ކުންފުންޏެއްކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

މިއަދު  ސޮއިކުރި 2000 ފްލެޓް އެޅުމުގެ މަޝްރޫޢުއަކީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުލުވުމަށް ބެއްވި ޖަލްސާގައި މިއަދުގެ ތެރޭގައި އެޅުމަށް ރައީސް ވަޢުދުވެވަޑައިގެންނެވި 5000 ފްލެޓްގެ ތެރޭގައި ހިމެނޭ ފްލެޓް މަޝްރޫޢުއެކެވެ. އަދި އެ މަޝްރޫޢުގެ ދަށުން އިތުރު 2،000 ހައުސިން ޔުނިޓެއްގެ މަސައްކަތް އިންޑިޔާގެ އެމްބީސީސީއާއި ހަވާލު ކުރެވި އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.

2000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިސަރުކާރުން މިހާތަނަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރިނަމަވެސް އެއްވެސް މަޝްރޫޢުއެއް ފެށިފައިނުވާތީ ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.