އަންހެނުންގެ ދުވަސް: އެޗްޑީސީގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު ޗުއްޓީ އެއްދުވަސް!

އަންހެނުންގެ ދުވަސް: އެޗްޑީސީގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު ޗުއްޓީ އެއްދުވަސް!

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2021 07:03
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގައި މަސައްކަތް ކުރާ ހުރިހާ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

އެޗްޑީސީގައި މިވަގުތު 166 އަންހެން މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެޗްޑީސީއަކީ މިފަދަ ގޮތަކަށް އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކޮންމެ މަހަކު ހާއްސަ މެޑިކަލް ލީވްއެއް ދޭން ނިންމި ފުރަތަމަ ކުންފުންޏެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ތަހްނިޔާ ކިޔާ އެޗްޑިސީން ވިދާޅުވީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ސެޝަންއެއް އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އެއީ އިންސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަން ބައި ވުމެން ސެންޓަރުގެ ގުޅިގެން ބޭއްވި ސެޝަނެކެވެ.

މިއީ ދިވެހި ކުންފުންޏަކުން މިފަދަ ޗުއްޓިއެއް ދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. އެޗްޑީސީން ބުނީ މި ފަދަ ނިންމުމެއް ނިންމީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިވައިގެން އެކުންފުނިން ފެށި ހާއްސަ ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.