ރ.އުގޫފަރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް، ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ޚާއްސަ ރަސްމިއްޔާތެއް އުނގޫފާރުގައިވަނީ ބާއްވާފައެވެ. މިރަސްމިއްޔާތުގައި އެހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދާއި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ރ.އަތޮޅަކީ އާބާދީގައި ސައުވީސް ހާހަށްވުރެ ގިނަ މިހުން ދިރިއުޅޭ އަތޮޅަކަށްވެފައި އުގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު ޚިދުމަތް ހޯދުމަށް ދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އާ ޢިމާރާތާއެކު، އިތުރު ބޮޑެތި ޚިދުމަތްތައް ހޮސްޕިޓަލްގައި ފުޅާވެގެން އަންނާނެކަމަށެވެ.
ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތަކީ 3 ބުރީގެ ޢިމާރާތެކެވެ. މިނިސްޓަރ ވިދާޅުވީ މިޢިމާރާތް ޚާއްސަކުރާނީ، ޕްރައިވެޓް ރޫމްތައް ހެދުމާއި ސިއްޙީ ތަޙްލީލުތައް ހެދޭނެ ނިޒާމު ޤާއިމުކުރުމާއި އޮޕަރޭޝަން ތިއޭޓަރު ޤާއިމުކުރުމަށްކަމަށެވެ
މި މަސައްކަތަށް 72 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މިމަސައްކަތް 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ