މިހާރު ނުވި ކަމެއް ފަހުން ވެސް އެމްޑީޕީ އަކަށް ނުވާނެ: ޝުޖާ

މިހާރު ނުވި ކަމެއް ފަހުން ވެސް އެމްޑީޕީ އަކަށް ނުވާނެ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2021 04:58
0

ހުރިހަ ބާރެއް އޮތުގައި އޮވެ ހުޅުމާލެއަށް އެއްވެސް ކުރިއެރުމެއް މިސަރުކާރު ނިސްބަތްވާ އެމްޑީޕީއަށް ހޯދިފައި ނުވާއިރު، ކައުންސިލް އިންތިޚާބަށްފަހު ހުޅުމާލެއަށް އެމްޑީޕީއަށް ގެނެސްދެވޭނެ ކުރިއެރުމެއް ނެތްކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ހުޅުމާލެ ދާއިރާއަށް އެމްޑީޕީން ވަމުންދާ ވައުދުތަކާއި، ދައްކަމުންދާ ވާހަތަކަށް އިޝާރާތްކޮށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ ވައުދާއި އަހުވެ، ވާހަކަ ދެއްކެވިޔަސް ރައްޔިތުން ދެން އެކަމެއް ބަލައި ނުގަންނާނެކަމަށެވެ. ރައްޔިތުންނަށް އިޚުލާސްތެރިކަމާއިއެކު ހެޔޮ ނިޔަތެއް އިވެގެން ކަންކަން ކޮށްދޭނެނަމަ މިހާރުވެސް އެކަން ނުކުރަންވީ ސަބަބެއް ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ އެމްޑީޕީގެ އާރާއި ބާރު އޮތް ސަރުކާރަކުން ހުޅުމާލެ ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދީ ކައުންސިލް ދިނުމުން ކަންކަން ކޮށްދޭނެކަމަށް ބުނަމުންދިޔަ ކަމުގައި ވީނަމަވެސް ރައްޔިތުން އެކަން ޤަބޫލު ނުކުރާނެކަމަށެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ ޕްރޮގްރެސިވް ކޯލިޝަނަށް ކައުންސިލް ގޮނޑި ދިނުން. މާލެ ސިޓީގައި މިހާރުވެސް އޮތީ އެމް.ޑީ.ޕީ ކައުންސިލެއް. މިހާރު ނުވި ކަމެއް ފަހުން ވެސް އެމް.ޑީ.ޕީ އަކަށް ނުވާނެ.

– ޝުޖާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓާއި، އެމްޑީޕީގެ ކެންޑިޑޭޓް ފޯރިއާއިއެކު ކެމްޕެއިންގެ ކަންކަން ކުރިއަށްދާއިރު، ހުޅުމާލެ ދާއިރާއަކީވެސް ވާދަވެރި ދާއިރާއަކަސް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.