ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ރައީސް އޮފީހުން ކުށްވެރިންނަށް މަޢާފްދޭކަމުގެ ތުހުމަތު

ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ރައީސް އޮފީހުން ކުށްވެރިންނަށް މަޢާފްދޭކަމުގެ ތުހުމަތު

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2021 04:34
0

ރައީސުލްޖުމްހޫރިއްޔާ އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މަޢާފްދީ އަފްޢާމް ދެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި ކޮމިޓީގައި ބަހުސް ކުރެވުނު މައްސަލައެއްގައި ބައިވެރިވެ ވަޑައިގެން މަޖިލިސް ރައީސް ވަނީ ކުށްވެރިން ދޫކުރުމުގައި ރައީސް އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލު ކުރާކަމުގެ ތުހުމަތު ކުރައްވާފައެވެ. ކޮމިޓީން ރައީސް ނަޝީދުގެ ވާހަކަ ދައްކަން ފެއްޓީއިރު، މައިކު އޮންކޮށްފައި ބެހެއްޓި ނަމަވެސް ކުޑަ އިރުކޮޅެއް ތެރޭ ވަނީ މައިކް އޮފްކޮށްލާފައެވެ.

ކްލެމެންސީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން މާގިނައިން އަޅުގަނޑުމެންނަށް އަޑު އިވެނީ ރިޝްވަތުގެ ގޮތުގައި ފައިސާ ނުގުމަށްފަހު މީހުންނަށް އަފްއާމާއި މަޢާފް ދޭ ވާހަކަ. އަޅުގަނޑު އުންމީދުކުރަން މިހާރު ދެން އިންނާނެކަމަށް. އަޅުގަނޑަކަށް ނުވިސްނޭ އިންތި. މިހިސާބުން ކޮމިޓީން ވަނީ ރައީސް ނަޝީދުގެ އަޑު ކަޑާލާފައެވެ.

ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ބޯޑެކެވެ. އެ ޤާނޫނުގެ ދަށުން، ބޯޑުގެ ރައީސަކީ އެޓަރނީ ޖެނެރަލްއެވެ. އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެޑްމިނިސްޓްރޭޝަން ޑިވިޜަނުންނެވެ. އާންމު އުޞޫލެއްގެ ގޮތުން ކްލެމެންސީއާ ގުޅުންހުރި ކަންކަމުގައި މަޢުލޫމާތު ފޯރުކޮށްދޭނީ ހަމައެކަނި އެ މަޢުލޫމާތެއް ހޯދުމަށް އެދި ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކަށެވެ.

11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރަކާއި، ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅެކެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް އެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ގައިދީއެއްގެ އަދަބު ލުއިކޮށްދިނުމަށް ނިންމާފައިވާކަމަށް ކްލެމެންސީ ބޯޑުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.