ރޯޔަލް ރޭޕިސްޓުން ދިފާއު ކުރާ އަންހެނުން ނިޒާމުން ބޭރުކުރަންޖެހޭ: ޒާހިދު

ރޯޔަލް ރޭޕިސްޓުން ދިފާއު ކުރާ އަންހެނުން ނިޒާމުން ބޭރުކުރަންޖެހޭ: ޒާހިދު

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2021 11:45
0

ރޯޔަލް ރޭޕިސްޓުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ އަންހެނުން ނިޒާމުން ބޭރުކުރުމަށް އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިދު ގޮވާލައްވައިފިއެވެ.

އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށް ޒާހިދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ މުޖުތަމައުގައި އަންހެނުންނަށް ކުރާ އަނިޔާއާއި، އަންހެނުންނަށް އިހާނެތިކޮށް ހިތާ މީހުން ދިފާއުކޮށް އެފަދަ މީހުން ރައްކާތެރި ކުރާ އަންހެނުންނަކީ ނިޒާމުން ބޭރު ކުރެވެން ޖެހޭ ބައެއްކަމަށެވެ. ޚާއްސަކޮށް އަންހެނުންގެ ކަރާމަތާއި ރައްކާތެރިކަމަށް ކަމުގައިބުނެ ރޯޔަލް ރޭޕިސްޓުން ސަލާމަތްކުރާ އަންހެނުން ނިޒާމުގެ ތެރޭގައި ތިބުމަކީ އެފަދަ އަނިޔާތަކަށް އިންސާފު ލިބުމަށްވެސް އޮތް ބޮޑު ހުރަހެއް ކަމުގައި ޒާހިދުވަނީ ފާހަގަކުރައްވާފައެވެ.

އަންހެނުންގެ ކަރާމަތާ ރައްކާތެރިކަމުގެ ނަމުގައި ރޯޔަލް ރޭޕިސްޓުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ އަންހެނުން ނިޒާމުން ބޭރުކުރުމަށް އަންހެނުން ހިތްވަރާއެކު ނުކުމެ މަސައްކަތް ފަށާކަށް ނުވޭތޯ.

– ޒާހިދު ވިދާވިއެވެ.

ޒާހިދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ މިސަރުކާރުގެ އިސް ބައެއް މަޤާމުތަކުގައާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް އަންހެން ބޭފުޅުންނާއި، މަސްލަހަތު ހުރި ޖިންސީ ގޯނާގެ މައްސަލަތައް ނުބެލި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ގިނަބަޔަކު ފާޅުކުރަމުންދާ ދަޑިވަޅެއްގައެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް އާންމުންގެ ސަމާލުކަން ހުއްޓުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެވެ. މިމައްސަލާގައި އެ އަންހެން މީހާ މީހާރު ގައުމަށް ފޮނުވާލާފައިވާއިރު، މިމައްސަލައިގެ އެންމެބޮޑު ހެކި ކަމުގައިވާ އަންހެން މީހާ ފުރުވާލުމުން މިމައްސަލައަށް އިންސާފު ލިބިގެން ގޮސްދާނެ ކަމާއިމެދު ޤާނޫނީ ވަކީލުންވެސް ވަނީ ސުވާލު އުފައްދާފައެވެ.

މިމައްސަލައިގެ އިިތުރުންވެސް ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް މިސަރުކާރން އެކަށީގެންވާ އިޖާބައެއް ނުދޭކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.