ދައުރު ނިމުމުގެ ކުރިން މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެވޭނެ: ރައީސް

ދައުރު ނިމުމުގެ ކުރިން މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެވޭނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 11:04
0

މާލެއަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލައަށް މިދައުރު ނިމުމުގެ ކުރިން ހައްލު ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި މާލެސިޓީއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުން ހުށަހެޅި މައިގަނޑު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރައްވާ މަަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، މިހާތަނަށް ކުރެވުނު ދިރާސާތަކުގެ ތެރޭގައި މާލޭގައި ބޯހިޔާވަހިކަން ބޭނުންނާ 17،000 އާއިލާ ތިބިކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ގޮތުގައި 7،000 ފްލެޓްގެ ތެރެއިން 6،120 ފްލެޓެއް އެޅިގެން ގޮސްފައިވާއިރު، މި ފެލްޓްތަކަށް ވަންނަން އެތައް ބަޔަކު ތިބިކަމީ އޮތް އެންމެބޮޑު ގޮންޖެހުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ ހައްލު ކުރެވޭނީ މިކަމަށް އެކަށީގެންވާ އަދަދަށް ފްލެޓް އެޅިގެން ކަމަށާއި، އެމަސައްކަތް މިސަރުކާރުން ކޮށްދެއްވާނެކަމަށެވެ.

އެގޮތުން މިއަހަރަށް މަޖިލިސް ހުޅުވަމުން ވައުދު ވެފައިވާ ފަދައިން މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ވިދާޅުވި 5،000 ހައުސިން ޔުނިޓްގެ ތެރެއިން 1،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިފައިވާކަމަށެވެ. މީގެ އިރުން 2،000 ހައުސިން ޔުނިޓެއްގެ މަސައްކަތް އިންޑިޔާގެ އެމްބީސީސީއާއި ހަވާލު ކުރެވި އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށެވެ. އަދި މާދަމާ އިތުރު 2،000 ޔުނިޓްގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅު ސަރުކާރުން މިދައުރުގައި މާލެ ސަރަހައްދުގައި އަޅަން ވައުދު ވެފައިވަނީ 10،000 ހައުސިން ޔުނިޓުކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އަދި އަމާޒަކީ މާލެ ސަރަހައްދުގައި މިދައުރު ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓް އަޅައި ދެއްވުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ އަގުތައް:
3000 ޔުނިޓްގެ ކައުނސިލް ހައުސިން / 6،000 ރުފިޔާ
5700 ޔުނިޓްގެ އެފޯޑަބަލް ހައުސިން / 7،000 ރުފިޔާއާއި، 13،000 ރުފިޔާއާއި ދޭތެރޭގައި
5500 ޔުނިޓްގެ މިޑް ރޭންޖުގެ ފްލެޓް / 13،000 ރުފިޔާއާއި 24،000 ރުފިޔާއާއި ދޭތެރޭގައި،
3100 ޔުނިޓްގެ ހައިރޭޖް / އަދި ކަނޑަނޭޅޭ

ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެވޭކަމުގެ އުންމީދު އެބައޮތް ކަމަށާއި އެކަން މިސަރުކާރުން ހާސިލް ކޮށްދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
Votuhoadhan dhahkaa husholhivaahaka mifaharu MDP ah ehves dhivehi rahyyithaku voatu nudheythi dhaulathuge thijooreege dhorufatheh nei huskoruption
G Goathibe
Anna mahu 10 ge fahun dhen mikahala habareh vaanee kithah mas fahun baaea?. ?Hithah araa suvaaleh?