މުޒާހަރާ ކުރުމުން ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖައްސަނީ

މުޒާހަރާ ކުރުމުން ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖައްސަނީ

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 07:41
0

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ރައްކާތެރިކަމުގެ މިންގަނޑާއި އެއްގޮތަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާއި ގުޅޭ އިމްތިހާނު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޑްރައިވިންއާއި ގުޅޭ އިމްތިހާނު ހެދުން ވަގުތީގޮތުން މެދުކަނޑާލައިފައިވަނީ މިދުވަސްވަރަކީ ކޯވިޑް-19އިގެ ބަލިމަޑުކަމުގެ ދުވަސްވަރަށްވެފައި އެ ބަލީގެ ކޭސްތައް އިތުރުވަމުންދާތީ ވަކި އަދަދަކަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ ކޯވިޑް-19އިން ރައްކާތެރިވުމުގެ ގައިޑްލައިނާ ހިލާފުވާ ކަމަކަށްވާތީ، ކޯވިޑް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 ކޭސްތައް އިތުރުވެ، މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުން ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. މިކަމާއި ގުޅިގެން ޑްރައިވިން ސްކޫލުތަކުން ޓްރާސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކޮށް މިކަމަށް ހައްލެއް ހޯދުމަށް ވަނީ އެދިފައެވެ.

މިބައްދަލުވުމަށްފަހު ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ކުރިއަށް އޮތްތަނުގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަޑުތަކަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާއި ގުޅޭ އިމްތިހާނު ފެށުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Mm
At this point everyone has failed. Mostly the management. Wonder how the staffs will handle the applications once they open the portal. Every single time the staffs have to suffer ? ?
ތ ތަޖުވީދު
ލައިސަންސާ ރަޖިސްޓަރީ ޙުށަހެޅުމުން ލިބޭނީ ޚިތައްދުވަހުންކަން އެނގޭކަށް ނޯވޭ
H Hasan
Raajjeyga ehen atoll akunves nunege. E atoll ehge meehakah noonee