މުއާއާއި، އައްޒަގެ ކައިވެންޏަށް އަހަރެއް: މުއާގެ ޝުއޫރުތައް ބަންޑުން ކޮށްލައިފި

މުއާއާއި، އައްޒަގެ ކައިވެންޏަށް އަހަރެއް: މުއާގެ ޝުއޫރުތައް ބަންޑުން ކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2021 01:49
0

ރާއްޖޭގެ މަޝްހޫރު އެންމެ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ އާއި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ)ގެ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ހުޅުމާލޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ދެ ލޯބިވެރިން ކައިވެނި ކުރިއިރު، މިހާރު އެ ކައިވެންޏަށް އަހަރެއް މި ވަނީ ވެފައެވެ. މުއާވަނީ މިއަދާއި ގުޅިގެން ދެމަފިރިންގެ ފޮޓޯއެއް ހިއްސާކޮށް އޭނާގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

މުއާ ބުނެފައިވަނީ އައްޒައަކީ މިދުނިޔެ މަތިން އޭނާއަށް ލެއްވި ވަރަށްބޮޑު ނިއުމަތެއްކަމަށެވެ. އަދި މިއީ އޭނާއަށް ލބުނު އުފާފާގަތިކަމާއި އެހާބޮޑު ނަސީބެއްކަމަށެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، އައްޒަ އާއި މުއާ ކައިވެނިކޮށްފައި ވަނީ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. މި ދެމަފިރިން ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ގޮސްފައި ވަނީ ހައިޑްވޭ ރިސޯޓަށެވެ.އައްޒަ އަދި މުއާވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައި ވެއެވެ. އަދި ދެ މީހުންގެވެސް އެއް ކުއްޖަކު ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.