ކޯވިޑް ވެކްސިން ދިން މީހުންގެ ޢަދަދު 38000 އިން މައްޗަށް

ކޯވިޑް ވެކްސިން ދިން މީހުންގެ ޢަދަދު 38000 އިން މައްޗަށް

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2021 10:16
0

ރާއްޖޭގައި ކޯވިޑް-19 ދިފާޢުއަށް އަށް ވެކްސިން ދިން މީހުންގެ އަދަދު 38،591 މައްޗަށް އަރައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިނާއި ގުޅޭގޮތުން އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ވަނީ 5،485 މީހަކަށް ވެކްސިން ދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 4257 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ވެކްސިން ދިން 1،129 މީހަކާއި، ރިސޯޓްތަކުން ވެކްސިން ދިން 99 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 31،322 މީހުންނަށް ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން 7،170 މީހަކަށް ވެކްސިން ދީފައިވެއެވެ.

މިއާއެކީ މިހާތަނަށް ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޢަދަދު ވަނީ 38،591 އަށް އަރާފައެވެ. ރާއްޖޭގައި ދެމުން އަންނަނީ ކޯވިޝީލްޑް ވެކްސިނެވެ. އަދި ދެމުން އަންނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދޭއިރު، އެކި ދާއިރާތަކުން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.