ނުރައްކާ ކުޑައެއް ނުވޭ، 112 މީހުން މިއަދުވެސް ޕޮޒިޓިވް

ނުރައްކާ ކުޑައެއް ނުވޭ، 112 މީހުން މިއަދުވެސް ޕޮޒިޓިވް

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2021 10:07
0

ކޯވިޑް-19އަށް އިތުރު 112 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި 112 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 81 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 11 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހުންނެވެ. މީގެ އިތުރުން ރިސޯޓްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި މީހަކާއި، ސިނާޢީ ރަށްތަކުން 5 މީހެކެވެ.

މިއާއެކީ ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،828 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 157 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،448 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،315 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 193މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،497 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 461،617 ސާމްޕަލްވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 58 މީހުން ނިޔާވެފައެވެ. އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.