އިދިކޮޅު މުޒާހަރާއިން 13 މީހަކު ފުލުހުން ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާއިން 13 މީހަކު ފުލުހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2021 06:59
0

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެތެރެއިން 13 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މިއަދުވެސް ކުރިއަށްގެންދިޔައީ ސުލްހަވެރި އިހުތިޖާޖެއްކަމަށެވެ. މި އިހުތިޖާޖުގެ ތެރެއިން 13 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށާއި، އޭގެތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޙަސަން މުފީދާއި، ސްޓީރިން ކޮމިޓީތަކުގެ ރައީސުންނާއި ނާއިބު ރައީސުން ހިމެނޭކަމަށެވެ.

އިދިކޮޅުން ސިލްސިލާކޮޮށް ކުރިއަށް ގެންދާ މުޒާހަރާތައް ފުލުހުން ހުއްޓުވުމަށް ކުރާ މަސައްކަތުގެތެރެއިން މުޒާހަރާގެ ބައިވެރިންނަށާއި، ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާތައްލިބިފައިވެއެވެ. އިދކޮޅުން ބުނެފައިވަނީ ކުރިއަށް ގެންދަނީ ސުލްހަވެރި އމުޒާހަރާތަކެއްކަމަށާއި، ޤަވާއިދާއި ޚިލާފުވުމަށް މަޖުބޫރުކުރުވަނީ ފުލުހުންކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށާއި، ހިޔާ މަޝްރޫޢުގެ ތެރެއިން ކުރިން ފްލެޓް ލިބި، ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުންގެ ހައްގުގައި “މަގޭ ފްލެޓް ކޮބާ”ގެ ނަމުގައި ކުރިއަށްދިޔަ މި މުޒާހަރާތަކުގައި ފަހަކަށް އައިސް ގިނަބަޔަކު ދަނީ ބައިވެރިވަމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ މާލޭގެ ބޮޑެތި މަގުތަކުގައި ޝުއޫރު ފާޅުކޮށް އަޑު އުފުލަަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.