ސީޕްލޭން ވެއްޓުނު ޙާދިސާ ތަހުގީގްކުރަން ފަށައިފި

ސީޕްލޭން ވެއްޓުނު ޙާދިސާ ތަހުގީގްކުރަން ފަށައިފި

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2021 06:33
0

މިއަދު ހެނދުނު ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައި މަންޓާ އެއަރގެ ސީ ޕްލޭން ވެއްޓުނު ހާދިސާ ސިވިލްއޭވިއޭޝަން އޮތޯރިޓީން ތަޙްޤީގުކުރަން ފަށާފައިފިއެވެ.

މިއަދު ހެނދުނު މާލިފުށިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ބޯޓެއް ޖެއްސުމުގެ ތެރޭގައި ވެއްޓިފައިވަނީ މިއަދު ހެނދުނު 7.30 ހާއިރު ކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ. ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ މިބޯޓު ނެގުމުގެ މަސައްކަތް މަންޓާ އެއަރގެ ކޮންޓްރެކްޓަރުން ކުރަމުންދާ ކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ.


މި ބޯޓް ވެއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ބޯޓުގައި ތިބި ފަޅުވެރިންނާއި ކުރޫން ސަލާމަތްކޮށް އަދި ބޯޓުގައި ހުރި ލަގެޖްތައް ނެގުމުގައި އެހީތެރިވެދީފައެވެ. 6 ފަސިންޖަރުންނާއި 3 ކުރޫއާއެކު ދަތުރުކުރި މި ބޯޓް ވެއްޓުމުގައި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މަންޓާ އެއަރއިން ބުނެއެވެ. މިއެންމެންވެސް ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް ޗެކްކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ މި ހާދިސާ ސިވިލް އޭވިއޭޝަނުން މިހާރު ތަހުގީގުކުރަމުން އަންނަކަމަށެވެ. މިހާދިސާއަށްފަހު ސީޕްލޭންގެ އެއަރޑްރޯމް ޑިޕާޗަރއަށާއި އެރައިވަލްއަށް މިހާރު ހުޅުވާލާފައިވާ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.