އަތޮޅުތަކުގައިި ކޯވިޑް-19 ފެތުރެން ދިމާވި ސަބަބަކީ، އެކި ނަންންނަމުގައި ސަރުކާރުން ޖެހި ސަކަރާތުގެ ނަތީޖާކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މިވަގުތު މާލެ ފިޔަވާ އެންމެ ބޮޑަށް ކޯވިޑް-19 ފެތުރެމުންދަނީ އައްޑުއާއި ފުވައްމުލަކުގައެވެ. އެގޮތުން އެދެސިޓީ މިވަގުތު ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި ދަނީ އެ ދެ ސަރަހައްދުގައި ކާފިއު ހިންގަމުންނެވެ.
އައްޑުއާއި ފުވައްމުލަކުގައި ކޯވިޑްގެ ޙާލަތު ގޯސްވެފައިވުމަށް އިޝާރާތްކުރައްވާ ޑރ.ޖަމީލް ވިދާޅުވީ، ފުރުޞަތު ލިބި އަތޮޅުތެރެއިން ކޯވިޑް ކޮންޓްރޯލްކުރަން ސަރުކާރު ފެެއިލްވެފައިވާކަމަށެވެ. އެކި ނަންނަމުގައި ސަރުކާރުން މަޝްރޫޢުތައް ނުވަތަ އެކި ކޯސްތައް ހިންގުމަށް އަތޮޅުތަކަށް ދަތުރުކުރަމުން ދިޔައީ އެޗްޕީއޭގެ ލައިސަންސްގައިކަމަށާއި، މިހާރު މިފެންނަނީ އެމްޑީޕީ ކައުންސިލަރުން ތިބި ބޮޑު 2ސިޓީގައި ޖެހި ސަކަރާތުގެނަތީޖާކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރުގެ ޕްލޭނެއް އަދި ރޭވުންތެރިކަމެއްވެސް ނެތްކަމަށް ވިދާޅުވެފައެވެ.
ފުރުޞަތު ލިބި އަތޮޅުތެރެއިން ކޮވިޑް ކޮންޓްރޯލްކުރަން ސަރުކާރު ފެެއިލްވެއްޖެ. އެކި ނަންނަމުގައި ޕްރޮޖެކްޓްތައް/ކޯސްތައް ހިންގަން ދިޔައީ އެޗްޕީއޭގެ ލައިސަންސްގައި.މިފެންނަނީ އެމްޑީޕީ ކައުންސިލަރުން ތިބި ބޮޑު 2ސިޓީގައި ޖެހި ސަކަރާތުގެނަތީޖާ.ޕްލޭނެއް ރޭވުންތެރިކަމެއްވެސް ނެތް.
– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
މާލެއިން އަތޮޅުތަކަށް ތަދުރުކުރާ ފަރާތްތަކުން ކަރަންޓީން ވުމަށް ކަނޑައަޅާފައި ވަނިކޮށް ސަރުކާރުގެ އިސް ބޭފުޅުންނާއި، ކުންފުނިތަކުގެ އިސް ވެރިން އަތޮޅުތަކަށް ދަތުރުކޮށް ކަރަންޓީން ނުވެ އެރަށްރަށުގެ ޢާންމުންނާއި އެއްވެ، ޢާންމުން އެއްވާތަންތަނަށް ގޮސް އުޅުމުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ. އެގޮތުން އެކި މަޝްރޫޢުތަކަށް އަތޮޅުތަކަށް ދަތުކުރަނީ އެޗްޕީއޭގެ ޚާއްޞަ ހުއްދައާއެކުކަމަށް ސަރުކާރުން ބުނާއިރު، ޚާއްޞަ ހުއްދައިގެ ދަށުން ދަތުރުކުރުމުން ކޯވިޑް ނުޖެހެނީތޯވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.
ސަރުކާރުގެ އިސް ފަރާތްތަކުން ޚާއްޞަ ހުއްދައިގެ ދަށުން އަތޮޅުތަކަށް ދަތުރުކުރަމުންދާއިރު، ރައީސުލްޖުމްހޫރއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ އެގޮތަށް ދަތުރުކުރައްވާފައެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ރައީސް އެރަށަށް ވަޑައިގެންފައިވެއެވެ. އަދި ލ.ގަމަށްވެސް ރައީސް ވަޑައިގެންފައިވެއެވެ. މީގެ އިތުރުންބައެއް ވަޒީރުންވެސް ރަށްރަށް ވަޑައިގެންފައިވެއެވެ.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ވަރަށް ބޮޑުވެފައިވާއިރު، އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އުފެދިފައިވަނީ މާލެއިން އައްޑޫއަށް ބައްދަލުވުމެއްގައި ބައިވެރިވުމަށް ދިޔަ އޭވިއޭޝަން ކޮމާންޑުގެ މީގެއްގެ ފަރާތުންްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ