ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ފައިސާ ކުރޫއެއްގެ އަތުން ފެނުނު މައްސަލައެއް ބަލަނީ

ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ފައިސާ ކުރޫއެއްގެ އަތުން ފެނުނު މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 08:45
0

ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ފައިސާތަކެއް، އެފަތުރުވެރިޔާ ދަތުރުކުރި ސީޕްލޭނެއްގެ ކްރޫއެއްގެ އަތުން ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ބ.އަތޮޅުގައި ހިންގާ ރިސޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހަކުން ގެއްލުނު ގިނަ ޢަދަދެއްގެ ފައިސާ، ފަތުރުވެރިޔާ ދަތުރުކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނުނު މައްސަލަ ފުލުހަށް ހުށައެޅީ މިދިޔަ އަންގާރަ ދުވަހުކަމަށެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ޢުމުރުން 21 އަހަރުގެ ދިވެހި ފިރިހެންމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް 5 ދުވަހުގެ މުއްދަތެއްވަނީ ޖަހާފައެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.