އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ބަލަން ޖެހޭކަމަށް މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ، ޓޫރިޒަމް މިނިސްޓްރިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ވަހީދު، ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގަތުމާއި ގުޅިގެން ސަރުކާރާއި، ޕްރޮސެކިއުޓަރ ޖެނެރަލަށް އަދ ިކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. އަދި މިކަމުގައި އިހުމާލުވާ ބައެއް ހޯދުމަށްވެސް ގޮވާލާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ، އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ބަލަން ޖެހޭކަމަށެވެ. އަދި އެފަދަ އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ލިބެން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ފަދަ އަނިޔާތަކަކީ އަންހެނުންނަށް ޖިސްމާނީ އަދި ނަފްސާނީ އެތައް މައްސަަތަލަކެއް ކުރިމަތިކުރުވާ ކަންކަން. އަންހެނުންގެ ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް.
– މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މި ފަދަ އަނިޔާތަކަކީ އަންހެނުންނަށް ޖިސްމާނީ އަދި ނަފްސާނީ އެތައް މައްސަަތަލަކެއް ކުރިމަތިކުރުވާ ކަންކަން. އަންހެނުންގެ ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް.
— Yumna Maumoon (@yumna_maumoon) February 11, 2021
ޓޫރިޒަމް މިނިސްޓްރީގެ މުވަށްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އެ މިނިސްޓްރީގެ މުވައްޒަފުން ގެދިއުމުން، މަޤާމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ދެންނެވިއެވެ. ނަމަވެސް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ވަނީ މަޤާމުން ދުރުކުރައްވާފައެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުން، ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައިވާއިރު، ސަރުކާރުން އަލީ ވަޙީދު ފުރުވާލީކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ގެންދެއެވެ. ޖިންސީ އަނިޔާގެ މައްސަލަތަކަށް ސަރުކާރުންގެންގުޅޭނީ ޒީރޯ ޓޮލަރެންސްކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ