ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 100 މީހުން، ހޮސްޕިޓަލުގައި 214 މީހުން

ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 100 މީހުން، ހޮސްޕިޓަލުގައި 214 މީހުން

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2021 10:07
0

ކޯވިޑް-19އަށް އިތުރު100 މީހުން ޕޮޒިޓިވްވެއޖެއެވެ. މިއަދު ޕޮޒިޓިވްވި 100 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 75 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 10 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި15 މީހުންނެވެ.

މިއާއެކީ ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،201 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 156 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14،978 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،160 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 214 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،703 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 446،805 ސާމްޕަލްވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 56 މީހުން ނިޔާވެފައެވެ. އެއީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.