ދިވެހިރާއްޖެއިން އަބަދުވެސް ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްޤުތަކަށް ވަކާލާތުކުރާނެކަމަށާއި، އެމީހުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކަށް ހައްޤު ހޯދައިދިނުމަށް ގެމްބިއާ އާއި ގުޅިގެން ބައިނަލްއަޤްވާމީ ކޯޓުގައި ރާއްޖެއިން ވަކާލާތުކުރާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. އޭ. ކޭ. އަބްދުލް މޮމެންއާ ބައްދަލުކުރައްވާ، ދެޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ، ރޮހިންޔާ ރެފިއުޖީންގެ މައްސަލައިގައި ބަންގްލަދޭޝް ސަރުކާރަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. ދިވެހިރާއްޖެއިން އަބަދުވެސް ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްޤުތަކަށް ވަކާލާތުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމީހުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކަށް ހައްޤު ހޯދައިދިނުމަށް ގެމްބިއާއާއި ގުޅިގެން ބައިނަލްއަޤްވާމީ ކޯޓުގައި ރާއްޖެއިން ވަކާލާތުކުރާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދެޤައުމުގެ ދެމެދުގައި ބޭއްވެވި މަޝްވަރާތަކުގައި ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކޮށް ތައުލީމީ، ޞިއްޙީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން އަދާކުރާ ރޯލުގެ މުހިއްމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ލިޔެކިޔުން ނެތި އުޅެމުންދާ މަސައްކަތްތެރިންގެ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް އެފަދަ ފަރާތްތައް ރެގިއުލަރައިޒް ކުރުމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެނބުރި ބަންގްލަދޭޝްއަށް ދާން ބޭނުންވާ މިފަދަ ފަރާތްތައް އަނބުރާ ގެންދިޔުމުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް މޮމެންއަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
Delighted to meet my good friend Hon. FM H.E @AKAbdulMomen. Discussed the historic ??-?? bilateral ties and committed to strengthen economic and socio-cultural cooperation and work closely to resolve challenges of migrant workers. @MoFA_Bangladesh pic.twitter.com/FPrxqYfqH2
— Abdulla Shahid (@abdulla_shahid) February 9, 2021
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ދެއްވި ދަޢުވަތަށާއި، ބަންގްލަދޭޝްއިން އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން އިންޓަރންޝިޕް ހެދުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަމަށް ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގައިވެސް ކޯވިޑް ފެތުރެމުންދަނިކޮށް، ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމުގެ ބަންގްލަދޭޝްގެ ދީލަތިކަން ހާމަކޮށްދިންކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ