މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

Author
ޢަލީ އާދަމް
06 ފެބްރުއަރީ 2021 08:46
0

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެރަށުގެ 132،000 އަކަފޫޓުގެ ބިމެއްގައި ޓޫރިސްޓް ހޮޓަލެއް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައިވަނީ މިމަހުގެ 18ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މާޗު 14 ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށެވެ.

މި ބީލަމާގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހު 2:00ގެ ކުރިން ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް، އީމެއިލްގެ ޒަރިއްޔާއިން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވުމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން، މިބީލަމާއި ގުޅޭ ބީލަންފޮތް ގަތުމަށް ހުށަހަޅަންޖެހޭ ފޯމް، 8 ފެބްރުއަރީ އިން ފެށީގެން 10 މާޗުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މަނަދޫގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލާފައި ވާއިރު، ހއ. ކެލާގައި ޓޫރިސްޓު ހޮޓަލެއް އަޅައި ހިންގާނެ ފަރާތެއް ހޯދަން ވެސް މިނިސްތްރީމް މީގެ ކުރިން ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.