ދުންފަތުގެ ޤާނޫނާ ޚިލާފުވާތީ 97 ތަނަކަށް އެޗްޕީއޭއިން ނަސޭހަތްދީފި

ދުންފަތުގެ ޤާނޫނާ ޚިލާފުވާތީ 97 ތަނަކަށް އެޗްޕީއޭއިން ނަސޭހަތްދީފި

Author
އަހުމަދު
26 އޮކްޓޯބަރ 2026 10:16
0

 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ހިންގި ސްޕޮޓް އިންސްޕެކްޝަންތަކުގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ 230 ތަނެއް ބަލައިފިއެވެ.

ސެޕްޓެމްބަރު 1 އިން 30 އަށް ހިންގި މި އިންސްޕެކްޝަންތަކުގައި ބަލާފައިވަނީ ރެސްޓޯރެންޓް، ހޮޓާ އަދި ކެފޭ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ޚިދުމަތްދޭ 130 ތަނާއި 96 ފިހާރައެވެ. މީގެ އިތުރުން، އާންމު ސިއްހަތާ ގުޅޭ ޝަކުވާތަކަށް ބިނާކޮށް 4 ތަނެއް ވެސް ބަލާފައިވެއެވެ.

އެޗްޕީއޭ އިން ބުނީ، ބެލުނު ތަންތަނުގެ ތެރެއިން 97 ތަނަކަށް ޤާނޫނާ އެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްދީފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ޚިދުމަތްދޭ 53 ތަނާއި 44 ފިހާރައެވެ.

ދުންފަތު ބޭނުންކުރުން މަނާ ތަންތަނުގައި ޤާނޫނަށް ތަބާވަމުންދޭތޯ ބެލުމަށް މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.